Saturday, 24 October 2026
Ads by

ސަޢޫދީއަށް ހޫޘީން ދިން ޙަމަލާއެއްގައި ނަމާދުކުރާ ކޮޓަރިއަކަށް ގެއްލުންވެ މީހަކަށް އަނިޔާވެއްޖެ

ސަޢޫދީއަށް ހޫޘީން ދިން ޙަމަލާއެއްގައި ނަމާދުކުރާ ކޮޓަރިއަކަށް ގެއްލުންވެ މީހަކަށް އަނިޔާވެއްޖެ

ސަޢޫދީ ޢަރަބިއްޔާއަށް ޙޫޘީން ދިން ޙަމަލާއެއްގެ ސަބަބުން ލިބުނު ގެއްލުންތައް. (އެސް.ޕީ.އޭ)

ޔަމަނުގެ ހޫޘީން ސަޢޫދީ ޢަރަބިއްޔާގެ ދެކުނުގައި އޮންނަ އަސީރު ސަރަޙައްދަށް އަމާޒުކޮށް ހޮނިހިރު ދުވަހު ފޮނުވާލި ބެލިސްޓިކް މިސައިލެއް ސަޢޫދީ ސިފައިން ވައްޓާލުމާ ގުޅިގެން، އޭގެ ބައިތައް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

Ad Image
Ads by

ސަޢޫދީގެ ސިވިލް ޑިފެންސުން މަޢުލޫމާތު ދޭގޮތުގައި، މި ޙާދިސާގައި އަނިޔާވެފައިވަނީ ސަޢޫދީގައި ދިރިއުޅޭ އޭޝިއާ ދަރިކޮޅުގެ މީހަކަށެވެ. އަދި މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ޢިމާރާތެއްގެ އެތެރޭގައި ހަދާފައިވާ ނަމާދުކުރާ ކޮޓަރިއަކަށާއި އެ ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ބައެއް ކާރުތަކަށް ވަނީ ގެއްލުންވެފައެވެ.

ސަޢޫދީ އިސްކޮށް އޮވެ ހިންގާ ކޯލިޝަނުން ވަނީ ޚަމީސް މުޝައިޠު ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި 3 ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލައި، ވައްޓާލާފައެވެ. މިސައިލް ގޮއްވާލުމާއެކު އޭގެ ދަގަނޑު ބައިތައް ވެއްޓިފައިވަނީ އަޙަދު ރަފީދާ ސަރަޙައްދަށެވެ. މީގެ ސަބަބުން ނަމާދުކުރާ ކޮޓަރީގެ ފުރާޅު ފޫދުއްވާލައި، އެތެރޭގައި އަޅާފައިވާ މުސައްލަތަކުގެ މައްޗަށް ދަގަނޑުތައް ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ.

ވެއްޓުނު ދަގަނޑުތަކުން ޖެހި އަނިޔާވި މީހާއަށް ސިވިލް ޑިފެންސްގެ ޓީމުތަކުން ވަނީ ވަގުތުން ޞިއްޙީ ފަރުވާ ފޯރުކޮށްދީފައެވެ. މި ޙާދިސާއަށްފަހު، އެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި