Tuesday, 24 November 2026
Ads by

ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު

ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު

މަރުޙޫމް ތައުފީޤުގެ ދަރިކަލުން އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ---

ދިވެހިބަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމް ”ދިވެހިޖީޕީޓީ“ އަށް މަރުޙޫމް ތައުފީޤުގެ އަޑު އިތުރުކޮށްފައިވަނީ އާއިލާއަށް އެއްވެސް މިންވަރަކަށް އެންގުމަކާއި ނުލައި ކަމަށާއި، އެކަމާ އާއިލާގެ ގިނަ ބޭފުޅުން ވަރަށް ބޮޑަށް އިޢުތިރާޒު ކުރައްވާ ކަމަށް މަރުޙޫމް ތައުފީޤުގެ ދަރިކަލުން އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އެކް.އެމްވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފުއާދު ތައުފީޤު ވިދާޅުވީ، އާއިލާގެ އެނގުމަކާއި ނުލައި އަދި ހުއްދައެއް ނެތި ބައްޕަގެ އަޑު އޭއައި މެދުވެރިކޮށް ބޭނުންކުރުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރުމަކީ އާއިލާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި އާއިލާގެ ހައްޤުތައް ހިމާޔަތްކުރުމަށްޓަކައި އަޅާނެ ގާނޫނީ އަދި އެހެނިހެން ފިޔަވަޅުތަކާ ބެހޭގޮތުން ތައުފީޤު (ބައްޕަ)ގެ އެހެން ދަރިންނާއި އާއިލާގެ މެންބަރުންގެ މެދުގައި މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ، ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ޖަވާބު އެކަޑަމީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އާކައިވްގައި ހުރި ކުރީގެ މަޝްހޫރު ފަންނާނުންނާއި ޕްރެޒެންޓަރުންގެ އަޑުތައް އޭއައި މެދުވެރިކޮށް އަލުން އުފައްދައި، އިޝްތިހާރުތަކާއި އަދި ނެރޭޝަންތަކުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު އާއި ޖަވާބު އެކަޑަމީގެ ސީއީއޯ މުހައްމަދު ޖައިލަމް ސޮއިކުރެއްވި މި އެއްބަސްވުމުގެ ސަބަބުން، ދިވެހިޖީޕީޓީގެ ޓެކްސްޓް-ޓޫ-ސްޕީޗް ހިދުމަތް އިތުރަށް ފުޅާވެ، ކުރީގެ މަޝްހޫރު އަޑުތައް އަލުން ދިރުވައި އާންމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ. ނަމަވެސް، ދުނިޔެ ދޫކޮށްފައިވާ އަދި ރާއްޖޭގެ ހިދުމަތްތެރި އިސް ފަންނާނުންގެ އަޑުތައް އާއިލާގެ ހުއްދައެއް ނެތި ބޭނުންކުރުމުގެ ކަންބޮޑުވުން މީގެ ސަބަބުން ވަނީ އުފެދިފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
pol scam
ސްކޭމް ފައިސާ ދައުރުކުރަން ޑެލިވަރީ އަދި ޓެކްސީ ޚިދުމަތް ބޭނުންކުރާތީ ސަމާލުވުމަށް އެދިއްޖެ
FSM
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭ ފުރަތަމަ ސްޓޭޝަންތަކުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
police japan
ޖަޕާނުގައި ބޭއްވި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
adhaalath party
އިމްރާންގެ ދައުރުގައި ޕާޓީ ދޫކުރެއްވި އިލްމުވެރިންގެ ލިސްޓު އާންމުކޮށް، ޒިނާހު ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފި
Iyaz
ޢަދާލަތު ޕާޓީން ޕީއެންސީއާއިއެކު ކޯލިޝަން ހެދީ މަޝްވަރާއާއި އަޣްލަބިއްޔަތުން: ޑރ. ޢިޔާޟް
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
adhaalath party
އިމްރާންގެ ދައުރުގައި ޕާޓީ ދޫކުރެއްވި އިލްމުވެރިންގެ ލިސްޓު އާންމުކޮށް، ޒިނާހު ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފި
Iyaz
ޢަދާލަތު ޕާޓީން ޕީއެންސީއާއިއެކު ކޯލިޝަން ހެދީ މަޝްވަރާއާއި އަޣްލަބިއްޔަތުން: ޑރ. ޢިޔާޟް