Saturday, 24 October 2026
Ads by

ދޮންކަލޯގެ ގެ ނިންމައިދިނުމަށް ޓިކްޓޮކްގައި ހިންގި ފަންޑްރެއިޒިންގ އަށް 1.2 މިލިއަން ރުފިޔާ؛ ތާރީޚީ ރެކޯޑެއް!

ދޮންކަލޯގެ ގެ ނިންމައިދިނުމަށް ޓިކްޓޮކްގައި ހިންގި ފަންޑްރެއިޒިންގ އަށް 1.2 މިލިއަން ރުފިޔާ؛ ތާރީޚީ ރެކޯޑެއް!

ޓިކްޓޮކް ތަރި ސަމާ (ކ) އަދި ދޮންކަލޯގެ ބައްޕަ ފަޔާޒް ރޭގެ ހިންގި ޓިކްޓޮކް ލައިވްގައި ---

ޓިކްޓޮކް މެދުވެރިކޮށް އާންމުންގެ ބޮޑު ސަމާލުކަމަކާއި ލޯތްބެއް ހޯދާފައިވާ ފައްޔާޙް ހަސަން (ދޮންކަލޯ) އަށްޓަކައި އޭނާގެ ބައްޕަ އިމާރަތްކުރަން ފަށާފައިވާ ދިރިއުޅޭ ގޭގެ މަސައްކަތް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ޓިކްޓޮކް ކޮމިއުނިޓީން ކުރިއަށް ގެންދިޔަ ޚާއްޞަ ފަންޑްރެއިޒިންގ ލައިވް އިވެންޓުގައި 1.2 މިލިއަން ރުފިޔާ ހޯދައި، ރާއްޖޭގެ ސޯޝަލް މީޑިއާގެ ތާރީޚުގައި އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.

Ad Image
Ads by

މި ފަންޑްރެއިޒިންގ ހަރަކާތް ނިމުނުއިރު އެއްމިލިއަން ދެލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާއިރު، ލައިވްގެ ތެރެއިން އެތައް ހާސް ބަޔަކު ވަނީ އަގުހުރި ޓިކްޓޮކް ގިފްޓްތައްވެސް ފޮނުވާފައެވެ. މީގެއިތުރުން، މުޅި ލައިވް ކުރިއަށްދިޔަ ވަގުތު މެދުކެނޑުމެއްނެތި 12,000 އަށްވުރެ ގިނަ މީހުން ލައިވް ބަލަމުންދިޔައިރު، ބައެއް ވަގުތުތަކުގައި ބަލަންތިބި މީހުންގެ އަދަދު 14,000 އިން މައްޗަށް އަރައިގެން ގޮސްފައިވެއެވެ.

ދޮންކަލޯގެ ނަމުން މަޝްހޫރުވެފައިވާ ފައްޔާޙް އަކީ އޭނާގެ ބައްޕަ، ފަޔާޒް ހަސަން، ޓިކްޓޮކްގައި އާންމުކުރަމުންދިޔަ ވީޑިއޯތަކުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ކުއްޖެކެވެ. ބ. ހިތާދޫގައި ދިރިއުޅޭ ފަޔާޒް، އޭނާގެ ދަރިފުޅު ދޮންކަލޯއަށް ބަހައްޓާ ޚާއްޞަ އޯގާތެރިކަމާއި، ގާތްކަމާއި، އަދި ދަރިފުޅުގެ މައްޗަށް އޮތް ބޮޑު ލޯބި އެ ވީޑިއޯތަކުން ފެނިގެންދިއުމަކީ އާންމުންގެ ސަމާލުކަން އެ ދެބަފިންނަށް ހުއްޓުނު އެންމެ ބޮޑު ސަބަބެވެ.

ކުޑައިރު މަންމަގެ ބެލުމުގެ ދަށުގައި އުޅުމަށްފަހު، ފަހުން ބައްޕަގެ ބެލުމުގެ ދަށަށް ބަދަލުވެ ބ. ހިތާދޫގައި ދިރިއުޅެމުންދާ ދޮންކަލޯއަށް އަމިއްލަ އެކާމޮޑޭޝަނެއް ނުވަތަ ރައްކާތެރި ބޯހިޔާވަހިކަމެއް ގާއިމުކޮށްދިނުމަށްޓަކައި ބައްޕަ ފަޔާޒް ފަށާފައިވާ ގޭގެ މަސައްކަތް މާލީ ދަތިތަކާ ހުރެ މަޑުޖެހިފައިވަނިކޮށް، ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ބޭއްވި މި ލައިވް ސެޝަނަކީ ދިވެހިންގެ އެކުވެރިކަމާއި އެހީތެރިކަމުގެ ރޫޙު އާދަޔާޚިލާފު މިންވަރަކަށް ފެނިގެންދިޔަ ހަރަކާތެކެވެ.

މިފަދަ ބޮޑެތި އެހީތައް ހޯދައިދިނުމުގައި މަޝްހޫރު ޓިކްޓޮކް ތަރި ސަމާ އިސްނަގައިގެން ކުރަމުންދާ އިޖުތިމާއީ އަދި އިންސާނީ މަސައްކަތްތަކަކީ މުޅި މުޖުތަމައުގެ ފުރިހަމަ ސަމާލުކަމާއި ތައުރީފު ލިބެމުންދާ އަގުހުރި ޚިދުމަތެކެވެ.

މީގެ ކުރިންވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، މާލީ ގޮތުން ދަތިހާލުގައި އުޅޭ އެތައް އާއިލާއަކަށް އެހީތެރިވުމަށް ޓިކްޓޮކް ކޮމިއުނިޓީ މެދުވެރިކޮށް ސަމާ ވަނީ ބޮޑެތި ފަންޑްރެއިޒިންގ ހަރަކާތްތައް ހިންގައި، އެތައް މިލިއަން ރުފިޔާއެއްގެ އެހީ ހޯދައިދީފައެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން ދަތިހާލުގައިވާ މީހުންނަށް އުއްމީދާއި އުފާވެރިކަން ހޯދައިދިނުމަށް އޭނާ ދައްކުވައިދޭ އޯގާތެރިކަމާއި، ހިތްވަރާއި، އަދި އިސްނެގުމަކީ ދިވެހި ސޯޝަލް މީޑިއާގެ މައިދާނުގައި ނަމޫނާ އަދި ނުހަނު ތައުރީފު ހައްގު މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ދޮންދުބުރިމާ
ދޮންދުބުރިމާ
22 ދުވަސް ކުރިން

ސަމާ ޔަކީ ފަހުގެ ޖީލު ދުއް ރާއްޖޭގެ ޓިކްޓޮކް ގެ މައިދާނުގައި ހީރޯއެއް އަދި ވަރަށް ވަރުގަދަ ސަހުސިއްޔަތެއް ވަރުގަދަ އަޒުމެއްގެ ވެރިއެއް އޯގާތެރި ހިތެއްގެ ލާމަސީލު ދެވަނައެއްނެތް ބަތޮލެއް ސާބަހޭ ސަމާ ތިޔަ ކުރާ އިންސާނިއްޔަތުގެ މަސައްކަތަށް ފައްފަށުން ސެލިއުޓް އަރުވަން ބަރަކާތް ލައްވާ ސާބިތުވެ ކުރިއަށް ދިއުމަށް ހިތްވަރު ދެން 🌹🌹

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި