Saturday, 24 October 2026
Ads by

5 ސްކޫލަކުން ނޫނެކޭ ބުނި ސާރާއަށް ތައުލީމީ ހައްގު ހޯދައިދެއްވަން ރައީސް ޔަގީންކަން ދެއްވައިފި

5 ސްކޫލަކުން ނޫނެކޭ ބުނި ސާރާއަށް ތައުލީމީ ހައްގު ހޯދައިދެއްވަން ރައީސް ޔަގީންކަން ދެއްވައިފި

ރައީސް މުޢިއްޒު، ފައިރޫޒާއާއި އޭނާގެ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން---

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ބައްލަވައި، އެ ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ މިރޭގެ އެޕިސޯޑުގައި، ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ މަންމައެއް ކަމަށްވާ ފާޠިމަތު ފައިރޫޒާ އާދަމް ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލުކުރުމުގައްޔާއި ކުޅިވަރުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސް މުޢިއްޒުއާ ހިއްސާކޮށްފައެވެ.

ފައިރޫޒާގެ ވާހަކައިގައި ފާހަގަކުރި ގޮތުގައި، އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދޭ ކަމަށް އިޝްތިހާރުކުރާ އަމިއްލަ ފަސް ސްކޫލަކަށް އޭނާގެ ދަރިފުޅު ސާރާ ވެއްދުމަށް މަސައްކަތްކުރި ނަމަވެސް، ކުއްޖާގެ ބޭރުފުށުން ޑައުންސިންޑްރޯމް ހުންނަކަން ފާހަގަކުރެވެން ހުރުމުގެ ސަބަބުން އެއްވެސް ސްކޫލަކުން ޖާގަ ދީފައެއް ނުވެއެވެ. އަދި އޭގެ ފަހުން، ދަރިފުޅުގެ އުމުރުން ހަތް އަހަރުގައި ގްރޭޑް އެކަކަށް އިމާދުއްދީން ސްކޫލަށް ވެއްދުމަށްފަހު، އެ ސްކޫލަށްވުރެ ޖަމާލުއްދީން ސްކޫލް ރަނގަޅު ކަމަށް ފެންނާތީ ސްކޫލް ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ.

ތަޢުލީމީ ފެންވަރުގެ ގޮތުން ޖަމާލުއްދީން ސްކޫލަކީ ރަނގަޅު ސްކޫލެއް ނަމަވެސް، އެސެސްމަންޓްތަކާއި މާކްސް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާދައިގެ އެހެން ކުދިންނާ ދެމެދު އެއް އުސޫލަކުން އަމަލުކުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވިކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް، މި އަހަރު ގްރޭޑް ހަތަރަކުން ފެށިގެން ދަރިފުޅު ތާޖުއްދީން ސްކޫލަށް ބަދަލުކުރި ފަހުން، ދަރިފުޅުގެ ކިބައިން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ފައިރޫޒާ ވަނީ ބުނެފައެވެ.

މިފަދަ ދަތިތަކަށް އޮތް ހައްލެއް ކަމަށް ފައިރޫޒާ ބުނެފައިވަނީ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތައުލީމީ ނިޒާމު ބައްޓަންކުރުމެވެ. އަދި އެ ފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ސްކޫލުތައް ހަމަޖައްސައިދިނުމަށް ވެސް އޭނާ ވަނީ ރައީސްގެ އަރިހުން އެދިފައެވެ. މީގެއިތުރުން، ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި، ކުޅިވަރުގެ ގާނޫނުގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްއަށް ހުރި ހުރަސްތަކުގެ އިތުރުން، އެފަދަ އެތުލީޓުންނަށް އިންޝުއަރެންސް ނުލިބޭ މައްސަލަ ވެސް ފައިރޫޒާ ވަނީ ފާހަގަކޮށްފައެވެ.

ފައިރޫޒާގެ މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ވީއެންމެ އަވަހަކަށް އަދި އެންމެ ފުރިހަމަ ގޮތެއްގައި އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މިއީ ވަކި ކުއްޖަކަށް ނުވަތަ ވަކި އާއިލާއަކަށް ހާއްސަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަމަކީ މުޅި މުޖުތަމައާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ވެސް ލާބައާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެންމެ ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު، ވީއެންމެ ރަނގަޅު ގޮތުގައި ފުރުސަތުތައް ފަހިވެގެންދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ