Saturday, 17 October 2026
Ads by

ތިލަފުށީ ޕޯޓަކީ 2040 އަށް ރާއްޖެ ތަރައްގީވުމުގެ އެންމެ ބޮޑު ބިންގާ: ސައީދު

ތިލަފުށީ ޕޯޓަކީ 2040 އަށް ރާއްޖެ ތަރައްގީވުމުގެ އެންމެ ބޮޑު ބިންގާ: ސައީދު

އިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު --- ފޮޓޯ: ރައީސް އޮފީސް

2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން އަޅާ އެންމެ ވަރުގަދަ އެއް ބިންގަލަކީ ތިލަފުށީގައި ގާއިމުކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫއު ކަމަށް އިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ތިލަފުށީގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަޒީރު ސައީދު ފާހަގަކުރެއްވީ، މިއީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ މަޝްރޫއެއް ކަމަށާއި، ވިޔަފާރި ބަނދަރު ބަދަލުނުކުރެވި އެތައް އަހަރެއް ފާއިތުވުމަކީ އިގުތިސާދީ ކުރިއެރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ.

އާ ބަނދަރާއެކު މުދާ ބާލައި ކްލިއާ ކުރުމަށް މިހާރު ނަގާ ހަތް ދުވަހުގެ ބަދަލުގައި، މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ ކާބޯތަކެތި އެއް ދުވަސް ތެރޭގައި ބޯޓުން ބާލައިގެން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމާލައި، 2028 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން މުޅި ބަނދަރުގެ އޮޕަރޭޝަން އެއްކޮށް ނިންމާލުން ކަމަށް ސައީދު ހާމަކުރެއްވިއެވެ.

މި މަޝްރޫއު ފުރިހަމަވުމުން އިންޓަނޭޝަނަލް ކީވޯލްއާއި، ބަނދަރާއި، ސްޓޯރޭޖް ވެއަރހައުސްތަކުގެ އިތުރުން މާލޭ ބާޒާރުމަތީގައި ހުރި ގޯޑައުންތަކާއި އަތޮޅު ފިހާރަތަކުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުވެގެންދާނެއެވެ.

އޭގެ އިތުރުން ހުޅުމާލެއިން އިންބައުންޑް ކާގޯގެ ހިދުމަތް ދެވޭނެ ގޮތް ހަދައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީ-ޓޫ-އެއާ ކާގޯގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި ކޮންސްޓްރަކްޝަން ދާއިރާއިން 11 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގަމުންދާއިރު، އޭގެ ބޮޑު ބަޔަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށްވުމާއެކު، މި އާ ބަނދަރުގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް ކަމަށް ސައީދު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި