Saturday, 24 October 2026
Ads by

ރަސްމާލެ މަޝްރޫއިން އަހަރަކު 1.1 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ރަސްމާލެ މަޝްރޫއިން އަހަރަކު 1.1 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު---

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫއިން އަހަރެއްގެ މައްޗަށް 1.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 10 އަހަރުދުވަހުގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދަކީ ރާއްޖޭގައި ހިންގަމުން އަންނަ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓްހައުސްގެ އިތުރުން 165 ސަފާރީ އުޅަނދުން ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ އެއްބަސްވުމުގެ ދަށުން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކުގެ ތެރޭގައި، އާންމު ރޭޓުތަކުން ނަގާ ޓީޖީއެސްޓީ އާއި، މާސްޓަރ ޑިވެލޮޕަރަށް ފުރަތަމަ ވިއްކާ ވިއްކުންތަކާއި ކުއްޔަށް ދޫކުރާ ކުރުންތަކުން ލިބޭ އާމްދަނީގެ 10 އިންސައްތަ ހިމެނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް މުދާ ގަންނަ ފަރާތްތަކާއި، އޭގެ ފަހުން މިލްކުވެރިކަން ބަދަލުވާ ހާލަތްތަކުގައި، އެ މުދަލެއްގެ އަގުގެ 4 އިންސައްތަ ދައުލަތަށް ދައްކަންޖެހޭނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޓެކްސްގެ އެއްވެސް ލުޔެއް ނުވަތަ ޑިއުޓީ އިސްތިސްނާއެއް ދީފައި ނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ އެއްވެސް ލޯނެއް ނެގުމަކާ ނުލައި އަދި ސޮވެރިން ގެރެންޓީއެއްވެސް ދިނުމަކާނުލައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މިކަމުގެ ސަބަބުން، ދައުލަތަށް މާލީ އެއްވެސް ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ. ރަސްމާލެ އެއްބަސްވުމުގެ ދަށުން، ޕްރޮޕަޓީ ވިއްކައިގެން ލިބޭ އެންމެހައި ފައިސާއެއް ރާއްޖޭގައި ގާއިމުކޮށްފައިވާ އެސްކްރޯ އެކައުންޓެއްގައި ރައްކާކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރަންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ހުރިހާ ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިމެއްގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ތެރޭގައި ފިޔަވަހިތަކަކަށް ބަހާލައިގެން ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުގައި ގެދޮރާއި، ހޮޓާތަކާއި، ރިސޯޓްތަކާއި، މެރީނާގެ އިތުރުން ވިޔަފާރި، ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހިމެނެއެވެ. މި މަސައްކަތް އެއްކޮށް ނިމުމުން، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ދިގު މުއްދަތުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ