Saturday, 17 October 2026
Ads by

އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު ޤީލާ

އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު ޤީލާ

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ.. ފޮޓޯ| ރައީސް އޮފީސް

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް، އަތޮޅުތެރޭގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްލޭނާ އެއްގޮތަށް ޢަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޞިއްޙީ ފަރުވާއަށްޓަކައި ރައްޔިތުން މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުން އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ކަށަވަރު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ އެމަނިކުފާނުގެ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވަރު ހާސިލުކުރުމަށް އެކި ސަރަޙައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް، އަތޮޅުތެރޭގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރުވެސް ޕަލްމޮނޮލޮޖީ، ނިއުރޮލޮޖީ، ޔޫރޮލޮޖީ، ނެފްރޮލޮޖީ އަދި ކާޑިއޮލޮޖީގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި ޑައިލިސިސް ޚިދުމަތް 4 އެނދުން 10 އެނދަށް އިތުރުކޮށް، އީއާރުގެ ޚިދުމަތް ފުޅާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އައިސޮލޭޝަން އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށް އަޅާ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް އެމްއާރުއައި، ނިއުރޮލޮޖީ، ނެފްރޮލޮޖީ، ޕަލްމޮނޮލޮޖީ، ކީމޯތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީގެ އިތުރުން ތިއޭޓަރުތައް އަޕްގްރޭޑްކޮށް ލެޕަރޮސްކޯޕިކް ސާޖަރީތައް ކާމިޔާބުކަމާއެކު ކުރަމުންދާ ކަމަށެވެ. އަދި ޑެންޓަލް ޑިޕާޓްމަންޓަކާއި ބްލަޑް ބޭންކެއް ހުޅުވާފައިވާއިރު، އައިޔޫއައިގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ލ.ގަން ހޮސްޕިޓަލުގައި ކާޑިއޮލޮޖީގެ ޚިދުމަތް ދެމުން އަންނަ ކަމަށާއި އިތުރަށް ބޭނުންވާ މެޝިނަރީ ހޯދުމުގެ ބިޑިންގ މަރުޙަލާ ކުރިއަށްދާ ކަމަށެވެ. އަދި ނެފްރޮލޮޖިސްޓަކާއި ފަންނީ 7 މަޤާމަކަށް މީހުން ހޯދުމުގެ ރެކްރޫޓްމަންޓް ކުރިއަށްދާއިރު، އެމްއާރުއައި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.

ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މުޅިން އަލަށް ކާޑިއޮލޮޖީ އަދި ނެފްރޮލޮޖީގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ނިއުރޯ ސްޕެޝަލިސްޓެއް ހޯދުމަށް ލިބިފައިވާ ސީވީތައް ރިވިއު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުގެ މިހާރުގެ އިމާރާތުގެ ތެރެއިން ދެވޭނެ ޚިދުމަތްތައް ދެނެގަނެވި، ފިޔަވަހިތަކަކަށް ބަހާލައިގެން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޕްލޭނާއި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

”ޑައިލިސިސްގެ ޚިދުމަތް ފަށަނީ އެ ސަރަޙައްދެއްގައި ބަލި މީހުން ތިބި ނިސްބަތަށް ބެލުމަށްފަހު. ވީހާވެސް ބޮޑަށް ބަލަނީ އެޓްލީސްޓް ބަލި ތިން މީހުން ތިބިނަމަ. ވަރަށް ބޮޑަށް ދިރާސާ ކުރަމުންދޭ މާލެއިންތޯ ޑައިލިސިސް ހަދާނީ ނޫނީ އަތޮޅުންތޯ“ ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ސިއްޙީ ދާއިރާއިން 478 ވަޢުދުވެފައިވާއިރު އޭގެ ތެރެއިން %67 މިހާރުވެސް ހާސިލުވެފައިވާ ކަމަށެވެ. ހަމައެހެންމެ ސިއްޚަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ދާއިރާގެ ކުރިއެރުމަށްޓަކައި ސަރުކާރުން 244 ނިންމެވުން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސިއްޙީ ދާއިރާއިން 835 މަޝްރޫޢުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާ ކަމަށާއި، ސިއްޙީ ދާއިރާ ކުރިއަރުވަން 8384 ހަރަކާތެއް ހިންގަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށްދާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި