Saturday, 17 October 2026
Ads by

ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް، މާލޭ ސަރަހައްދުގައި ގިނަ ހޮސްޕިޓަލްތަކެއް ތަރައްގީކުރަނީ

ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް، މާލޭ ސަރަހައްދުގައި ގިނަ ހޮސްޕިޓަލްތަކެއް ތަރައްގީކުރަނީ

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލެ ސަރަހައްދުގައި ސިއްހީ ދާއިރާގެ ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad Image
Ads by

ވަޒީރު ޤީލާ ޢަލީ ހާމަކުރެއްވި ގޮތުގައި، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ރޭވިފައިވާ މައިގަނޑު މަޝްރޫޢުތަކަކީ:

• ވިލިމާލޭގައި 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލެއް: މި މަޝްރޫޢު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީތެރިކަމާއެކުގައެވެ.
• ޑައިގްނޯސްޓިކް ސެންޓަރ ފޯ އޮންކޮލޮޖީ ސަރވިސަސް (ހުޅުމާލެ ފޭސް 2): ކެންސަރު ބަލި ދެނެގަތުމަށް ޚާއްޞަ މި މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެއެވެ.
• 500 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލް (ހުޅުމާލެ ފޭސް 2): މި ބިޔަ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެންމެ އެކަށޭނަ ގޮތްތަކާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.
• 250 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލް (ހުޅުމާލެ ފޭސް 1): މި މަޝްރޫޢު ވެސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ މަޝްވަރާތައް ދަނީ ހިނގަމުންނެވެ.
• ނޭޝަނަލް ޑިސެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރ (ހުޅުމާލެ ފޭސް 2): ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ހިންގާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
• 100 އެނދުގެ ތެލެސީމިއާ އެންޑް ހެމަޓޮލޮޖީ ހޮސްޕިޓަލް (ހުޅުމާލެ ފޭސް 2): ތެލެސީމިއާ އަދި ލޭގެ ބަލިތަކަށް ޚާއްޞަ މި ހޮސްޕިޓަލް ޤާއިމުކުރުމުގެ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ.

ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި މަޝްރޫޢުތައް ނިމި ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެއެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް އައިސް، އަމިއްލަ ޤައުމުގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ޒަމާނީ ޞިއްޙީ ފަރުވާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މީގެ ސަބަބުން، ބޭސްފަރުވާއަށް ރައްޔިތުންނާއި ދައުލަތުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، އެތައް ޢާއިލާއަކަށް މާލީ އަދި ނަފްސާނީ ގޮތުން ބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި