Sunday, 25 October 2026
Ads by

50 ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތުދެވި، އައިޖީއެމްއެޗުން ކާމިޔާބުކަމާއެކު ފުރަތަމަ ދަރިފުޅު އުފަންވެއްޖެ!

50 ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތުދެވި، އައިޖީއެމްއެޗުން ކާމިޔާބުކަމާއެކު ފުރަތަމަ ދަރިފުޅު އުފަންވެއްޖެ!

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދަރިމައިވުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށާއި، ރާއްޖޭގައި ހުރެގެންވެސް އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކޮށްފައިވާ ފާރޓިލިޓީ ސެންޓަރުން އައިވީއެފް މެދުވެރިކޮށް ފަރުވާ ހޯދި ފަރާތަކަށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެއްޖެ ކަމަށެވެ.

މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެފައިވަނީ 7 ޖަނަވަރީ 2026 ގައި ކަމަށެވެ. މިއީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، 15 ނޮވެމްބަރު 2024 ގައި ހުޅުވި ފާރޓިލިޓީ ސެންޓަރުގެ ތާރީހީ އަދި ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން 50 ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ އަގު ބޮޑެތި ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން، އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި 15 މާރިޗު 2024 އިން ފެށިގެން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އެ ހިދުމަތްތައް ލިބޭނެ މަގު ވަނީ ފަހިކޮށްދެވިފައެވެ.

މިނިސްޓަރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ދަރިމައިވުމުގެ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ފަހިކޮށްދީ، އެކަމަށް ދައުލަތުން މާލީ އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ، ދިވެހި އެތައް އާއިލާއަކަށް އުފާވެރިކަން ގެނެސްދެމުންދާ މުހިންމު ސިޔާސަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި