Saturday, 24 October 2026
Ads by

ޕައިލެޓުންގެ މެދުގައި މާރާމާރީ އެއް ހިނގައި ދުބާއީ އިން އިޒްރޭލަށް ދަތުރުކުރި ފްލައިޓް ސަޢޫދީއަށް ޖައްސައިފި

ޕައިލެޓުންގެ މެދުގައި މާރާމާރީ އެއް ހިނގައި ދުބާއީ އިން އިޒްރޭލަށް ދަތުރުކުރި ފްލައިޓް ސަޢޫދީއަށް ޖައްސައިފި

އަބްރަހަމް އެކޯޑްސްގެ ދަށުން ޢަރަބި ވެރީންތައް އިޒްރޭލާއެކު ރަސްމީކޮށް ސުލްޙަވަމުންދާއިރު ޔޫއޭއީ އާއި ސަޢޫދީ އަދި އިޒްރޭލުގެ ވެރީންގެ ސިއްރު ބައްދަލުވުންތަކުގެ ރިޕޯޓުތައް ދަނީ ފެންމަތިވަމުން. (ފޮޓޯ އެޑިޓް/ސޯޝަލްމީޑިއާ)

ދުބާއީން ތެލް އަވީވްއަށް ދަތުރުކުރަމުންދަނިކޮށް ސައުދީ އަރަބިއްޔާގެ ތަބޫކަށް ޖެއްސި ”ފްލައިދުބާއީ“ ބޯޓުގެ މައްސަލައަކީ ހައިޖެކް ކުރުމުގެ ޙާދިސާއެއް ނޫންކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ކަށަވަރުކޮށްދީފިއެވެ.

Ad Image
Ads by

ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން މިއީ ’ޓެރަރިސްޓް‘ ޙަމަލާއެއްކަމަށް ބެލެވުނު ނަމަވެސް، އިޒްރޭލުގެ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.

ފްލައިޓް ޓްރެކިންގ މަޢުލޫމާތުތަކުން ދައްކާގޮތުގައި، ބޯޓުން ފުރަތަމަ ފޮނުވާފައިވަނީ ފްލައިޓް ހައިޖެކްކުރުމުން ފޮނުވާ 7500 ގެ ކޯޑެވެ. އޭގެ ފަހުން އާންމު ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ 7700 ކޯޑަށް ބަދަލުކޮށް، ސަޢޫދީގެ ތަބޫކް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ.

ބޯޓުގައި ތިބި ބައެއް ފަސިންޖަރުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ތެރެއިން ހަޅޭއްލަވާ އަޑު އިވުނު ކަމަށާއި، އަދި ވަރަށް ބޮޑަށް ލޭ ފެންނަން ހުރިކަމަށްވެސް ބުނެފައިވެއެވެ.

މިއީ ހައިޖެކް ކުރުމުގެ ޙާދިސާއެއްކަމަށް ފުރަތަމަ ބެލެވުމާ ގުޅިގެން، އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
ބޯޓުގައި ތިބި އިސްރާއީލުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށްޓަކައި، ފްލައިދުބާއީއިން ދަނީ އިތުރު ބޯޓެއް ތަބޫކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އިސްރާއީލާއި ސައުދީއާ ދެމެދު ރަސްމީ ސިޔާސީ ގުޅުމެއް ނެތުމުން، މިކަން ކުރަމުންދަނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9434
އަރުމޭނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ