Saturday, 17 October 2026
Ads by

ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސީޕީ އަންގަވައިފި

ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސީޕީ އަންގަވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު---

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ދިވެހި ފުލުހުންގެ ހިދުމަތަށާއި ކަމާ ގުޅޭ މުއައްސަސާތަކަށް އަންގަވައިފިއެވެ.

Ad Image
Ads by

ސީޕީ އަޙުމަދު މުޙައްމަދު ނެރުއްވި މެސެޖެއްގައި ވިދާޅުވީ، މަގުމަތީގެ އާންމު ޓްރެފިކް އުސޫލުތަކަށާއި، އަދަބުތަކަށް ބޯނުލަނބާ ބައެއް ފަރާތްތަކުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތަކެއް ގެއްލި, ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހާއްސަ ފިޔަވަޅުތަކެއް ފުލުހުންގެ ފަރާތުން އަޅަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

”މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ އެންމެހައި ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި މަދު ބައެއްގެ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުން ކަމުގައި ދަންނަވަމެވެ. އަދި މި ފިޔަވަޅުތައް ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި އަޅަމުންދިޔުމަށް ފުލުހުންގެ ކަމާބެހޭ އެންމެހައި ބަހާތަކަށް އަޅުގަނޑު މިހާރު ވަނީ އަންގައިފައެވެ.“ – ސީޕީގެ މެސެޖުގައިވެއެވެ.

ސީޕީ ވިދާޅުވީ، މި ފިޔަވަޅުތައް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގައި އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހި ފުލުހުންނަށް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސީޕީ އަޙުމަދު މުޙައްމަދު މިފަދަ އެންގެވުމެއް އަންގަވާފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަހުން މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން މީހުންނަށް ބޮޑެތި އަނިޔާވެ، ދެ މީހަކާއި ކުޑަކުއްޖެއް ވަނީ ނިޔާވެސްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި