Saturday, 24 October 2026
Ads by

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ: އުޝާމް

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ: އުޝާމް

ބަންޑާރަ ނައިބު އަޙުމަދު އުޝާމް---

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ ”މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއު ކުރިއަށްގެންދިއުމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވަކިން ހާއްސަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަވަމުން ގެންދަވާ ވާހަކަަފުޅުތަކާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ރިސޯޓްތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އުޝާމް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމާ ބެހޭ ގާނޫނެއް އެކުލަވާލީ 1999 ވަނަ އަހަރު ކަމަށާއި، އޭރު ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓުތައް ކުއްޔަށް ދެމުން އައިސްފައިވަނީ އެންމެ ގިނަވެގެން 25 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ގާނޫނަށް ގެނެވުނު އިސްލާހަކުން އެ މުއްދަތު 50 އަހަރަށް އިތުރުކޮށްފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، މި މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޓޫރިސްޓް ރިސޯޓެއް ކުއްޔަށް ދޫކޮށްފައިވާ 99 އަހަރުގެ މުއްދަތު ހަމަވުމުން، އެ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓެއްގެ އަގުން ބަލަށް ކެނޑުމަށްފަހު ޖެހޭ އަގު އިންވެސްޓްކޮށްފައިވާ ފަރާތަށް ސަރުކާރުން ދައްކަންޖެހޭ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

”މިއާ ހިލާފަށް ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ގަވަން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން. މި މަޝްރޫއާ ގުޅިގެން މިހާތަނަށް ސޮއިކޮށްފައިވަނީ ހަަމައެކަނި ލެޓަރ އޮފް އިންޓެންޓް (ކޮމާޝަލް ޓަރމްސް އެގްރީމެންޓް) އެއްގައި. މަޝްރޫއު ފެށުމުގެ ކުރިން މި އެގްރީމެންޓްގައިވާ ޓަރމްސްތަކުގެ މައްޗަށް ބިނާކޮށް އިތުރަށް މަޝްވަރާކޮށްގެން އެކުލަވާލާ ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރުމުގެ އިތުރުން މިކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ،“ – އުޝާމް ވިދާޅުވިއެވެ.

އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ނަމަވެސް، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށްކަން ފާހަގަކޮށްލަންޖެހެއެވެ.

ރަސްމާލޭގެ އިތުރުން ހުޅުމާލޭގައިވެސް 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުނިން ވަނީ ނިންމައިފައެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު އިމާރާތްތައް ކަމަށްވާ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލް އައްބާރުގެ ވިޔަފާރި ހިއްސާ އޮންނަ، ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓެވެ. ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި