Saturday, 17 October 2026
Ads by

އަޑުއެހުމެއް ނުބާއްވާތާ އަހަރެއް ފަހުން އާރަށު މައްސަލައިގެ ޝަރީއަތް ފަށައިފި

އަޑުއެހުމެއް ނުބާއްވާތާ އަހަރެއް ފަހުން އާރަށު މައްސަލައިގެ ޝަރީއަތް ފަށައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް--- ފޮޓޯ: ސަން

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި މައްސަލައެއް އޮތުމުން، ކްރިމިނަލް ކޯޓުގައި މަޑުޖައްސާލާފައި އޮތް އެ މައްސަލައިގެ ޝަރީއަތް އަލުން ފަށައިފިއެވެ.

Ad Image
Ads by

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމަށްފަހު، އެ މައްސަލަ އަލުން ބެލުމަށް ވަނީ ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ. ނަމަވެސް، ހައިކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅާފައިވާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސައިދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން، ކޯޓުން ވަނީ އެގޮތަށް ނިންމަވައިފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފައިވަނީ، ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމި ފަހުން، ކްރިމިނަލް ކޯޓުގައި އާރަށު މައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ފަހަރަށް ތާވަލުކޮށް، މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ވެސް ބާތިލުކޮށް، އެ މައްސަލަ ވެސް އަލުން ބެލުމަށް އަމުރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގައި މިދިޔަ ހަފުތާއަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިމިފައެވެ. އަދި ޝަރީއަތް މިހާރު އޮތީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާގައެވެ.

ނަމަވެސް، މި މަރުހަލާގައި މައްސަލަ މަޑުޖެހިފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި