Saturday, 24 October 2026
Ads by

ރަޝިޔާއިން ޖަރުމަނުގެ ހުށަހެޅުމަށް ދެކޮޅުހެދުމަށްފަހު، ޔޫކްރެއިނަށް ދިން ޙަމަލާތަކެއްގައި 6 މީހުން މަރުވެއްޖެ

ރަޝިޔާއިން ޖަރުމަނުގެ ހުށަހެޅުމަށް ދެކޮޅުހެދުމަށްފަހު، ޔޫކްރެއިނަށް ދިން ޙަމަލާތަކެއްގައި 6 މީހުން މަރުވެއްޖެ

ޔޫކްރެއިންގެ ޒަޕޮރިޒިއާއަށް ރަޝިއާއިން ދިން ޙަމަލާއެއްގައި ގެއްލުންވެފައިވާ ސެންޓްރަލް މާރުކޭޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސަލާމަތީ ޚިދުމަތްތެރިން ހަރަކާތްތެރިވަނީ. އަދި އެތަނުން ޙަމަލާއެއްގައި މަރުވި އަންހެނެއްގެ ހަށިގަނޑު ސިއްޙީ އެހީތެރިން ބަލައިފާސްކުރަނީ. 2026 ސެޕްޓެމްބަރު 26, 2026. (އޭ.ޕީ ފޮޓޯ/ފޮޓޯ ކޮލާޖު)

​އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ރަޝިޔާއާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ބައްދަލުކޮށް ކުރިއަށްގެންދިޔަ މަޝްވަރާތައް ފޭލިވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކެއްގައި މަދުވެގެން 6 މީހުން މަރުވެއްޖެއެވެ.

Ad Image
Ads by

​ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވާޑެފުލް ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް އާ ބައްދަލުކޮށް، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

​ލަވްރޯވް ވަނީ މިކަމަށް ދެކޮޅުހަދައި، ޖަރުމަނުން ހަމައެކަނި ކުރާ ކަމަކީ ރަޝިޔާ ކުށްވެރިކުރުންކަމަށް ބުނެފައެވެ. މި ދެޤައުމުގެ ގުޅުން ވަނީ މިދިޔަ މަހު ޖަރުމަނުގެ ލައިޕްޒިގް އެއަރޕޯޓަށް ރަޝިޔާއިން ދޭން އުޅުނު ކަމަށް ޖަރުމަނުން ތުހުމަތުކުރަމުން އަންނަ ޑްރޯން ޙަމަލާއަކާ ގުޅިގެން ވަރަށް ބޮޑަށް ގޯސްވެފައެވެ.

​ރަޝިޔާއިން ޔޫކްރޭނުގެ ވެރިރަށް ކީވްއަށް ދިން ޑްރޯން ޙަމަލާތަކެއްގައި 2 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އޮޑެއްސާއަށް ދިން ޙަމަލާއެއްގައި އެކަކު ވަނީ މަރުވެފައެވެ. އުތުރުގައި އޮންނަ ސުމީ ސިޓީއަށް އާދީއްތަ ދުވަހު ވައްޓާލި ބޮންތަކެއްގައި އަންހެނަކާއި 16 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ.

ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ އެނަރހޮޑަރ ސިޓީއަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާއެއްގައި އާންމު ރައްޔިތަކު މަރުވެ އިތުރު 2 މީހަކަށް ވަނީ އަނިޔާވެފައެވެ. މިއީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް ހުންނަ ސިޓީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ