Saturday, 17 October 2026
Ads by

އަންހެނަކަށް އަނިޔާކޮށް ފޭރެން އުޅުނު މައްސަލައާ ގުޅިގެން ނޭޕާލް ފިރިހެނަކު ހައްޔަރުކޮށްފި

އަންހެނަކަށް އަނިޔާކޮށް ފޭރެން އުޅުނު މައްސަލައާ ގުޅިގެން ނޭޕާލް ފިރިހެނަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިނގި ފޭރުމުގެ ހާދިސާ---

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، ފޭރެން އުޅުނު މައްސަލައަކާ ގުޅިގެން ނޭޕާލުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ވަނީ ބިދޭސީ އަންހެން މީހާ މަގުމައްޗަށް ވައްޓާލައި، އޭނާގެ އަނގަ ބަންދުކޮށް ބިރު ދައްކައިފައެވެ. އެ ވަގުތު އެ ސަރަހައްދަށް ދިޔަ ދިވެއްސަކު ވަނީ އޭނާ ހުއްޓުވައިފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް ވެސް މަގުމަތީގައި ވެއްޓިފައި އޮއްވާ ފެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާއަކީ އެ ރަށު ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން އަންނަ އަންހެނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ނޭޕާލުގެ ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ފަސް ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި