Sunday, 22 November 2026
Ads by

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް އީރާނުން ކްރޫޒް މިސައިލް ޙަމަލާއެއް ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް އީރާނުން ކްރޫޒް މިސައިލް ޙަމަލާއެއް ދީފި

2013 ވަނަ އަހަރު ޖާސްކް ބަނދަރު ކައިރީގައި އީރާނުގެ ކަނޑުގެ ސިފައިން ބޭއްވި ތަމްރީނެއްގެ ތެރެއިން، އޮމާން ކަނޑުގެ އައްސޭރިފަށުން މިސައިލެއް ފޮުވާލަނީ. (އެސޯސިއޭޓެޑް ޕްރެސް)

އީރާނުގެ ރެވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އާ ގުޅުންހުރި ފާރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ”ހުއްދަނެތް މަގަކުން“ ދަތުރުކުރި އުޅަނދަކަށް އަމާޒުކޮށް އީރާނުން ވަނީ ކަނޑުމަތިން ފޮނުވާލާ ކްރޫޒް މިސައިލް ޙަމަލާއެއް ދީފައެވެ. މި ޙަމަލާ މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މިއީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދިޔަ ކަމެކެވެ.

Ad Image
Ads by

އައިއާރްޖީސީގެ މީޑިއާއިން ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ދަތުރުކުރި ބޯޓަކަށް ކްރޫޒް މިސައިލުން ޙަމަލާދީފައިވާ ކަމަށެވެ. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތާބެހޭ އިދާރާތަކުން އަދި މިފަދަ ޙަމަލާއެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި ޚަބަރާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

މިފަދަ ޙަމަލާއެއްގެ ވާހަކަ އީރާނުން ފަތުރާފައިމިވަނީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހެއްދެވި ދަނޑިވަޅެއްގައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ކަނޑުއޮޅި ހުޅުވާލާނީ އީރާނުގެ ޝަރުޠުތައް ފުރިހަމަކުރުމުން ކަމަށެވެ.

ދާދިފަހުން އެމެރިކާއިން އީރާނުގެ އޭވިއޭޝަން ދާއިރާއަށް ދަތިކުރުމުން، އީރާނުން ވަނީ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ހުރަސްއަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ. މިއާއެކު މުޅި ސަރަޙައްދުގެ ކަނޑާއި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large (4)
ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ފަށައިފި
IMG-20261122-WA0002
ބީއެމްއެލްގެ އެހީތެރިކަމާއެކު ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ނިންމާލައިފި
vashafaru fitness'
ވަށަފަރު ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް
Shahid 232
ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދު ދަމަހައްޓަން ހައިކޯޓުން ނިންމައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި