Sunday, 25 October 2026
Ads by

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވަނީ: އާ ބްރޭންޑަކާއި އަގުހުރި އިނާމުތަކެއް!

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވަނީ: އާ ބްރޭންޑަކާއި އަގުހުރި އިނާމުތަކެއް!

އެސްޓީއޯއިން ވަނީ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ރާވާފައި ---

މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ މިއަހަރުގެ ”ހޮޓެލް އޭޝިއާ އެގްޒިބިޝަން 2026“ ގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވާން ނިންމައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ މި އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވަނީ ހާއްސަ ހަރަކާތްތަކަކާއި އުފެއްދުންތަކާއެކުގައެވެ.

Ad Image
Ads by

މިފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ހާއްސަކުރެވިފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީ އަށެވެ. އެސްޓީއޯއިން އެތެރެކޮށް ވިއްކާ ތަފާތު އެކި ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު މި ސްޓޯލް މެދުވެރިކޮށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާމާކެޓުން ލިބެން ހުންނަ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކުރާ ލުއިކާނާ ވަގުތުން ތައްޔާރުކޮށްދޭ ސްޓޭޝަނެއް އެސްޓީއޯގެ ސްޓޯލްގައި ހުންނާނެއެވެ. މީގެ އިތުރުން، އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި އެގްޒިބިޝަންގެ ތެރެއިން އެސްޓީއޯއިން އާ ބްރޭންޑެއް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. މި އާ ބްރޭންޑް ތައާރަފްކުރުން އޮންނާނީ އެގްޒިބިޝަންގެ ދެވަނަ ދުވަހުއެވެ. އަދި މި އާ ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތު އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެސްޓީއޯ އެނާޖީގެ ފަރާތުން މިއަހަރުގެ އެގްޒިބިޝަންގައި ހާއްސަ އިސްކަމެއް ދެނީ ރިޒޯޓު ކަސްޓަމަރުންނަށެވެ. އެގޮތުން ތެޔޮ އުފުލައިދިނުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމާއި، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑްތައް ހުރި ނެތްގޮތް ބެލުމުގެ ހަރަކާތްތަކެއް އެސްޓީއޯ އެނާޖީން ކުރިއަށްގެންދާނެއެވެ.

އެސްޓީއޯއިން ވަނީ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ރާވާފައެވެ. އެގޮތުން ”ރެޖިސްޓަރ އެންޑް ވިން“ ގެ ނަމުގައި ކުރިއަށްދާ ހަރަކާތުގައި ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއްފަރާތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ”ފޮލޯ އެންޑް ވިން“ ހަރަކާތުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރެއް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި