Sunday, 27 September 2026
Ads by

ބެންކޮކަށް ބޯކޮށް ވާރޭވެހި 52،000 ގެއަކަށް ފެންވަދެ އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަމުގައި

ބެންކޮކަށް ބޯކޮށް ވާރޭވެހި 52،000 ގެއަކަށް ފެންވަދެ އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަމުގައި

ބެންކޮކަކީ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އެއް ހިސާބު --- ފޮޓޯ: އޭއެފްޕީ

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރިމަތިވި ބޯ ވާރޭގެ ސަބަބުން އުފެދުނު ފެންބޮޑުވުމުގައި 52،000 އަށްވުރެ ގިނަ ގޭބިސީއަށް ފެންވަދެ، އެތައް ހާސް ބަޔަކު ސްކޫލްތަކާއި ވަގުތީ ހިޔާތަކުގައި ރޭކުރަން ޖެހިއްޖެއެވެ. ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން ވަނީ މުޅި ސިޓީގެ 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާންކޮށްފައެވެ.

Ad Image
Ads by

އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި 4،900 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކުރެވިފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ބެންކޮކްގެ ބައެއް ސަރަހައްދުތަކަށް 330 މިލިމީޓަރު (13 އިންޗި) އަށްވުރެ ގިނައިން ވާރޭވެހިފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ވެހޭވަރުގެ ވާރޭ ދެ ދުވަސް ތެރޭގައި ވެހުމެވެ.

ސެޕްޓެމްބަރު މަހަކީ ތައިލެންޑަށް ވާރޭ މޫސުމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވީ ނަމަވެސް، އާންމުން ބުނާ ގޮތުގައި މި އަހަރުގެ ފެންބޮޑުވުން މާ ނުރައްކާތެރިއެވެ. ޕްރެމްޕްރާޗަކޯން ކެނާލް ކައިރީގައި ދިރިއުޅޭ އުމުރުން 44 އަހަރުގެ އޮފީސް މުވައްޒަފެއް ކަމަށްވާ ކޯސިން ނިލްސެޓް ބުނި ގޮތުގައި އޭނާގެ ގެއަށް ފެންވަދެފައި ހުންނަތާ 30 ގަޑިއިރު ވެއްޖެއެވެ. އަދި މިފަހަރުގެ ފެންގަނޑު ކެނާލްގެ ފާރުމަތިން އުފުރިގެން ގޮސްފައިވާއިރު، 2011 ވަނަ އަހަރު ތައިލެންޑަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމަށްވުރެ ވެސް ފެންގަނޑު އުސް ކަމަށް އޭނާ ފާހަގަކުރިއެވެ.

2011 ވަނަ އަހަރު ތައިލެންޑުގައި މުޅި ގައުމަށް ފެންބޮޑުވެ 500 އަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނުން ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކޯސިން ބުނީ އޭނާގެ ގޭގެ ތިރީ ބައިގައި ފެންބޮޑުވެފައިވީ ނަމަވެސް، ފެނާއި ކަރަންޓުގެ ހިދުމަތް ނުކެނޑި ލިބެމުންދާ ކަމަށެވެ.

ބެންކޮކްގެ އިރުމަތީ ސަރަހައްދުތަކުގައި ކަކޫތާފެނުގައި މީހުން ހިނގާބިނގާވެ އުޅެމުންދާއިރު، ސާމާނުތައް ފްލާސްޓިކް ފޮށިތަކަށް އަޅައިގެން ފްލޯޓްކޮށްގެން އުފުލަމުންދާ ތަން ވަނީ ފެނިފައެވެ. އެ ސަރަހައްދުގައި އެކަނި ދިރިއުޅޭ އުމުރުން 56 އަހަރުގެ ތިދާރަތު ސިލްސުވާން ބުނީ، ފެންބޮޑުވުމުގެ ސަބަބުން އޭނާ ނިދަމުންދަނީ މޭޒުމަތީގައި ކަމަށެވެ. އަދި ސާމާނުތައް އުފުލަން މަސައްކަތްކުރި ނަމަވެސް އައިސްއަލަމާރިއާއި ދޮންނަމެޝިން ފަދަ ބޮޑެތި ކަރަންޓު ސާމާނުތައް ސަލާމަތް ނުކުރެވި ހަލާކުވެފައިވާ ކަމަށް އޭނާ ލަފާކުރެއެވެ.

ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިއްތިޕަންޓް ވަނީ ކޭހާ ރޮމްކްލާއޯ ސަރަހައްދުގެ ސްކޫލެއްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ހޮނިހިރު ދުވަހުގެ ރޭ ޒިޔާރަތްކުރައްވާފައެވެ. އެ ހިޔާގައި އެކަނިވެސް 1،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރިކަން ހޯދާފައެވެ. އެތަނުގައި މީހުން ކެންވަސް އެނދުތަކާއި ބެންޗުތަކުގައި އަދި ސްކޫލް ކްލާސްރޫމްތަކުގެ ތަކެތި އެއްފަރާތްކޮށް، ތަރާފާލު އަޅައިގެން ކުއްތާތަކާއެކު ނިދާފައި ތިއްބެވެ. ގަވަރުނަރު ވަނީ މަގުތަކުގައި ފެންބޮޑުވެފައިވާތީ ބޭނުމެއް ނެތް ދަތުރުތައް ނުކުރުމަށް ފޭސްބުކް ލައިވް މެދުވެރިކޮށް އިލްތިމާސް ކުރައްވާފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހޯމަ ދުވަހު ބެންކޮކްގެ ސަތޭކައިން ގިނަ ސްކޫލްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފިހާރަތަކުން އާންމުން ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ތޮއްޖެހެމުންދާތީ، މުދާ ގަނޑުކޮށް ގަނެގެން ރައްކާނުކުރުމަށާއި، ތަކެތީގެ އަގުތައް ބޮޑުކުރުމަކީ ޖިނާއީ ކުށެއް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ އިންޒާރު ދީފައެވެ.

ބެންކޮކްގެ ކެނާލް ސިސްޓަމްތަކުގައި ހުރި ފެން ހިންދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށްގެންދާއިރު، އާދީއްތަ ދުވަހު ވެސް އިތުރަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ހޯމަ ދުވަހުން ފެށިގެން ވާރޭވެހުން މަޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރުމުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާތީ، މިފަދަ ނުރައްކާތެރި މޫސުމީ ހާދިސާތަކުގެ ބާރުމިނާއި ތަކުރާރުވާ މިންވަރު ކުރިއަށް އޮތް ތަނުގައި އިތުރުވާނެއެވެ. ޔޫރޯމޮނިޓާ އިންޓަނޭޝަނަލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބެންކޮކަކީ 2025 ވަނަ އަހަރު 30.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްގެން ދުނިޔޭގެ އެންމެ ގިނަ މީހުން ޒިޔާރަތްކުރި ސިޓީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Muizzu
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އޭއައި އާއި ޑިޖިޓަލް އީޖާދުތަކުގެ ބޭނުން ހިފަންޖެހޭ: ރައީސް
Bangkok flood
ބެންކޮކަށް ބޯކޮށް ވާރޭވެހި 52،000 ގެއަކަށް ފެންވަދެ އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަމުގައި
Iruthisham
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: އިރުތިޝާމް
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި