Sunday, 27 September 2026
Ads by

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: އިރުތިޝާމް

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: އިރުތިޝާމް

ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމް----

ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށް، އަމިއްލަ ވަޒަނުގައި ދެމިތިބުމުގެ ހައްގާއި، އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

Ad Image
Ads by

ވަޒީރު މިކަމަށް ގޮވާލެއްވީ، ގުދުސްގެ މައްސަލައިގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ފޮރިންގ މިނިސްޓަރުންގެ މެދުގައި ބޭއްވުނު ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފޮރިންގ މިނިސްޓަރުގެ ވާހަކަފުޅުގައި، ގުދުސްއަކީ ހަމައެކަނި ސިޔާސީ އެޖެންޑާއެއްގައި އޮތް ތަނެއް ނޫންކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކާ ގުޅިފައިވާ މުގައްދަސް ބިމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށްޓަކައި ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޒަޔަނިސްޓު އިސްރާއީލުން އަލްއަގްސާ މިސްކިތުގެ ހުރުމަތް ކަނޑައި، ފަލަސްތީނުގެ އާއިލާތައް ގެދޮރުން ނެރެ، ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރިކުރުވަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމަށް ވަޒީރު ބާރުއަޅުއްވައި ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތު ސާފުކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުޢާހަދާތަކާ ހިލާފަށް ހިންގާ އެއްވެސް އުދުވާނަކުން ގުދުސްގެ މާތްކަމާއި މުގައްދަސްކަމަށް އެއްވެސް އުނިކަމެއް ނުގެނެވޭނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އެ ބިމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ބައިތުލްމަގްދިސް ހިމާޔަތްކުރުމަށް މުޅި ދުނިޔެ ގުޅިގެން ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު، ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ މުސްތަޤުބަލު ކަނޑައެޅުމުގެ ޙައްޤު ހޯދައިދިނުމަށާއި، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުން އިތުރުކޮށް، އދގެ ފުރިހަމަ މެންބަރުކަން އެ ގައުމަށް ހޯދައިދިނުމަށް އިސްލާމީ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް މިނިސްޓަރު އިރުތިޝާމް އިލްތިމާސްކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅަށް ހުޅަނގުގެ ބައެއް ގައުމުތަކުން ނެގި ހަރުދަނާ ސްޓޭންޑަށާއި، ގައިރު ގާނޫނީ ވަޒަންވެރިންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފަރާތުން ވަޒީރު ވަނީ މަރުހަބާ ދަންނަވައިފައެވެ. ”ޖޮއިންޓް އަރަބް އިސްލާމިކް މިނިސްޓީރިއަލް މީޓިންގ އޮން ޖެރުސަލެމް“ އަކީ ގުދުސްގެ މައްސަލައިގައި އަދުލުވެރި ހައްލެއް ހޯދުމަށްޓަކައި އުރުދުންގެ އިސްނެގުމުގެ މަތިން އަރަބި އަދި އިސްލާމީ ގައުމުތައް ގުޅިގެން ބާއްވަމުން އަންނަ މުހިންމު ސިލްސިލާ ބައްދަލުވުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Muizzu
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އޭއައި އާއި ޑިޖިޓަލް އީޖާދުތަކުގެ ބޭނުން ހިފަންޖެހޭ: ރައީސް
Bangkok flood
ބެންކޮކަށް ބޯކޮށް ވާރޭވެހި 52،000 ގެއަކަށް ފެންވަދެ އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަމުގައި
Iruthisham
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: އިރުތިޝާމް
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި