Tuesday, 17 November 2026
Ads by

އޭއެފްސީގެ މާލީ އެހީ ދިވެހި ފުޓްބޯޅައަށް އަލުން ހުޅުވާލައި، އެފްއޭއެމްގެ ދަރަނި މައާފުކޮށްދީފި

އޭއެފްސީގެ މާލީ އެހީ ދިވެހި ފުޓްބޯޅައަށް އަލުން ހުޅުވާލައި، އެފްއޭއެމްގެ ދަރަނި މައާފުކޮށްދީފި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އަށް ދެމުން އައި މާލީ އެހީތެރިކަން އަލުން ދިނުމަށް ނިންމައި، އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ފައިސާ މައާފުކޮށްދީފިއެވެ.

Ad Image
Ads by

އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން ނިންމި މި ނިންމުމާއެކު، އެފްއޭއެމުން ކުރިން އަނބުރާ ދައްކަންޖެހޭ 253،030 ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ރުފިޔާ) ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިދީފައެވެ. އަދި އަންނަ އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އަލުން ވަނީ ހުޅުވާލާފައެވެ.

މި ފައިސާއަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އޭއެފްސީން ދިން ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އަނބުރާ ދެއްކުމަށް އެ ފެޑެރޭޝަނުން އަންގާފައިވި ފައިސާއެކެވެ. މާލީ އެހީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް ބަންދުވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އިސްވެ ހުންނަވައިގެން އޭއެފްސީގައި އެދިވަޑައިގެންފައިވަނީ، ދިވެހި ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ފައިސާ މައާފުކޮށްދީ، މާލީ އެހީ އަލުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އެއާއެކު އޭއެފްސީން ވަނީ އެފްއޭއެމްގެ ހުށަހެޅުމާ އެއްގޮތަށް އެ ދެ ކަންތައްވެސް ކޮށްދީފައެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އަމިއްލަ ކަންކަމަށް ބޭނުންކުރިކަން ސާބިތުވެ ބައްސާމް މިވަގުތު 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދާއިރު، ފީފާއިން ވަނީ އޭނާ 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްވެސް ކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި