Sunday, 27 September 2026
Ads by

ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި

އެމެރިކާގެ އެލަބާމާގެ މޮންޓްގޮމަރީ ސްޓޭޓް ކޯޓުގައި އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވެ، ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވުނު ޝަރީއަތުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ބުނެ ކުރެވިފައިވާ ދައުވާތަކާ ގުޅިގެން ޓިކްޓޮކާއި އެ ކުންފުނީގެ މައި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސްއިން އެލަބާމާ ސްޓޭޓާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

Ad Image
Ads by

މިއީ ސޯޝަލް މީޑިއާއިން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ހުށަހެޅިފައިވާ ގިނަ ދައުވާތަކުގެ ތެރެއިން، އެމެރިކާގެ ސްޓޭޓަކާއެކު ޓިކްޓޮކުން ގާއިމުކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން އެލަބާމާގައި ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންނަށް ދުވާލަކު އެޕް ބޭނުންކުރެވޭނެ އެންމެ ގިނަ ވަގުތަކީ ދެ ގަޑިއިރު ކަމަށް ކަނޑައެޅުމާއި، ކޮންމެ 15 މިނެޓަކުން އެޕް ބޭނުންކުރުން މެދުކަނޑާލަންޖެހޭ ގޮތްެ ހެދުމުގެ އިތުރުން، އުމުރު ކަށަވަރުކުރުމުގެ ވަސީލަތްތައް ވަރުގަދަކުރަން ޖެހެއެވެ. މީގެ އިތުރުން، ޓިކްޓޮކުން އެލަބާމާއަށް މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. އަދި އެމެރިކާގެ މުޅިއެކު 40 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފިނަމަ، އެލަބާމާއަށް ލިބޭ ފައިސާގެ އަދަދު 300 މިލިއަން ޑޮލަރަށް އިތުރުވެގެންދާނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ޓިކްޓޮކްގެ އެމެރިކާގެ ތަރުޖަމާނަކު ބުނީ، މިއީ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އެ ކުންފުނިން ގެންގުޅޭ ވަސީލަތްތައް އިތުރަށް ވަރުގަދަކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ޓިކްޓޮކާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި އެލަބާމާގެ އެޓާނީ ޖެނެރަލް ސްޓީވް މާޝަލް ވިދާޅުވީ މިއީ އެލަބާމާގެ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި ޝަރީއަތަކީ ޓިކްޓޮކްގެ އެތެރޭގެ ހިންގުންތަކާ ބެހޭ މަޢުލޫމާތު އާންމުންނަށް އެނގިގެންދާނެ މަދުން ނޫނީ ނުފެންނަ ފުރުޞަތަކަށް ވާނެ ކަމަށް ބެލެވުނު ޝަރީއަތެކެވެ. ސަބަބަކީ ޓިކްޓޮކުން ކުރިންވެސް މިފަދަ ކޯޓު މައްސަލަތައް ޝަރީއަތަށް ދިއުމުގެ ކުރިން ސުލްހަކޮށް، އެ ކުންފުނީގެ އެތެރޭގެ މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ބެހެއްޓުމަށް މަސައްކަތްކޮށްފައިވާތީއެވެ.

އެލަބާމާގެ ދައުވާގައި ބުނެފައިވަނީ، ޓިކްޓޮކްގައި ހުއްޓުމެއްނެތި ދައްކާ ވީޑިއޯތަކުގެ ސަބަބުން މިއީ އެންމެ ބޮޑަށް ދެވިހިފާ މީޑިއާ ޕްލެޓްފޯމަށް ވެފައިވާ ކަމަށާއި، އެޕްގެ އަލްގޮރިޒަމުން ކުޑަކުދިންނަށް އަނިޔާވެރިކަމާއި އަމިއްލައަށް ގެއްލުންދިނުމާ ގުޅޭ ނުރައްކާތެރި ވީޑިއޯތައް ދައްކައި، ކުޑަކުދިންގެ ނަފްސާނީ މައްސަލަތައް އިތުރުކުރުވާ ކަމަށެވެ. މީގެ ސަބަބުން އެލަބާމާގެ އެމަރޖެންސީ ރޫމްތަކަށް އަމިއްލައަށް ގެއްލުންދީގެން ގެންދެވޭ ކުދިންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.

އޭގެ އިތުރުން، ގޫގުލް، އެޕަލް އަދި މައިކްރޯސޮފްޓްގެ އެޕް ސްޓޯރުތަކުގައި ޓިކްޓޮކަކީ ކުޑަކުދިންނަށް ރައްކާތެރި އެޕެއްގެ ގޮތުގައި ރޭޓްކުރުމަށްޓަކައި، ޖިންސީ އަދި އަނިޔާވެރި މާއްދާތައް ކުޑަކުދިންނަށް ނުފެންނާނެހެން ހުރަސްއެޅޭ ކަމަށް ބުނެ ޓިކްޓޮކުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށާއި، އެމެރިކާގެ ބޭނުންކުރާފަރާތްތަކުގެ މަޢުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން އޮޅުވާލާފައިވާ ކަމަށްވެސް އެލަބާމާއިން ތުހުމަތުކުރެއެވެ.

އެލަބާމާގެ ދައުވާގައިވާ ގޮތުން، ޓިކްޓޮކުން އުމުރު އޮޅުންބަލަނީ ބޭނުންކުރާ ފަރާތުން ބުނާ އުމުރަކަށް ބަލައިގެން ކަމަށްވީ ނަމަވެސް، އެކައުންޓެއް ނުހަދައިވެސް ވީޑިއޯ ބެލޭ ގޮތްެ ހެދުމުން އުމުރުގެ ހުރަސްތަކުން ރެކެވޭ ގޮތްވެއެވެ. އަދި އެކައުންޓެއް ނެތަސް ބަލާ ވީޑިއޯތަކުގެ މަޢުލޫމާތު ކުންފުނިން އެއްކުރެއެވެ. މީގެ ސަބަބުން ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ”ކިޑްސް މޯޑް“ ގެ ބޭނުން ކެނޑިގެންދާ ކަމަށާއި، ”ފިލްޓާ ބަބުލް“ ތަކުގެ ތެރޭގައި ކުދިން ބަންދުވެ، އިތުރަށް ނުރައްކާތެރި އަދި އަނިޔާވެރި މާއްދާތަކަށް ހުށަހެޅޭ ކަމަށް ދައުވާގައިވެއެވެ.

މި ތުހުމަތުތަކަށް ރައްދުދެމުން ޓިކްޓޮކުން ބުނެފައިވަނީ، އެ ކުންފުނީގެ ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ޑީސެންސީ އެކްޓްގެ ސެކްޝަން 230 ގެ ދަށުން، އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ފަރާތްތަކުން އުފައްދާ މާއްދާތަކުގެ މަސްއޫލިއްޔަތުން އެ ކުންފުނިތައް އިސްތިސްނާވާ ކަމަށް ޓިކްޓޮކުން ވަނީ ވަކާލާތުކޮށްފައެވެ.

ޓިކްޓޮކުގެ އިތުރުން މެޓާ ޕްލެޓްފޯމްސް، ސުނެޕް އިންކް އަދި އަލްފަބެޓްގެ ޔޫޓިއުބާ ދެކޮޅަށްވެސް ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ބުނެ އެތައް ހާސް އަމިއްލަ ފަރުދުންނާއި، ސްކޫލް ޑިސްޓްރިކްޓްތަކާއި މުނިސިޕަލިޓީތަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި އެމެރިކާގެ މަދުވެގެން 27 ސްޓޭޓަކުންނާއި ވޮޝިންގްޓަން ޑީސީއިން ވަނީ ޓިކްޓޮކާ ދެކޮޅަށް މިފަދަ ދައުވާތައް ކޮށްފައެވެ. ޓިކްޓޮކުން ވަނީ މީގެ ކުރިން ޝަރީއަތަށް ތައްޔާރުވި ފަސް ކުއްޖެއްގެ މައްސަލައާއި ކެންޓަކީގެ ސްކޫލް ޑިސްޓްރިކްޓަކުން ހުށަހެޅި މައްސަލަވެސް ކޯޓުން ބޭރުގައި ސުލްހަކޮށްފައެވެ.

ވޭތުވެދިޔަ މަހު މެޓާ ކުންފުނިން ވަނީ ކުށް ގަބޫލުނުކޮށް، އެމެރިކާގެ 47 ސްޓޭޓަކާއި ވޮޝިންގްޓަން ޑީސީއާއެކު 17.1 ބިލިއަން ޑޮލަރުގެ ބޮޑު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އިންސްޓަގްރާމާއި ފޭސްބުކްގައި ކުޑަކުދިންގެ އުސޫލުތަކަށް ބަދަލުގަންނަން މެޓާއިން އެއްބަސްވި އިރު، އެ ފައިސާގެ ތެރެއިން 5 ބިލިއަން ޑޮލަރު ދެއްކުން ޝަރުތުކޮށްފައިވަނީ ޓިކްޓޮކާއި، ސުނެޕް އަދި ޔޫޓިއުބުންވެސް އެފަދަ ބަދަލުތަކެއް ގެނައުމާ ގުޅުވައިގެންނެވެ. އެކަމަކު މިކަމާ ގުޅިގެން ޓިކްޓޮކުން އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މެޓާގެ އެއްބަސްވުމެކޭ އެއްގޮތަށް، އެލަބާމާއާއެކު ޓިކްޓޮކުން ހެދި އެއްބަސްވުމުގައިވާ ގޮތުން، ވާދަވެރި ސުނެޕް، ގޫގުލް އަދި މެޓާއިން ބަދަލުތައް ގެނެސްފިނަމަ، ޓިކްޓޮކުން އިތުރު ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. އޭގެ ތެރޭގައި ރޭގަނޑު ގަޑިތަކުގައި އެޕް ބޭނުންކުރުން މަނާކުރުމާއި، ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު އިތުރަށް ކުޑަކުރުން ހިމެނެއެވެ. ނަމަވެސް، ވަކިވަކި ސްޓޭޓްތަކަށް ޚާއްޞަކޮށްގެން މިފަދަ ބޮޑެތި ބަދަލުތައް އެޕްތަކަށް ގެނައުމަކީ އަމަލީގޮތުން ކުރަން ދަތުރުކަމެއްކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި