Saturday, 26 September 2026
Ads by

މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި

ފައިސާ ފޭރުމަށް ހިންގި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް ----

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ، އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށް، ފުލުހުން އެ ހާދިސާގެ ތަހުގީގު ފަށައިފިއެވެ.

Ad Image
Ads by

އިއްޔެ ހެނދުނު 06:04 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު މައްސަލައެއް ހުށަހެޅިގެން ބަލަމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މަޑުއްވަރީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އަންހެން މީހާއަށް އަނިޔާކޮށް ފައިސާ ފޭރުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ ބިދޭސީ ފިރިހެން މީހާ، އަންހެން މީހާ ބިންމައްޗަށް ވައްޓާލައި، އޭނާގެ ގައިމައްޗަށް އަރައި އަނގަމަތީ އަތްއަޅައި ބާރުކުރާ މަންޒަރެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މަގުމައްޗަށް ގިނަ އަދަދެއްގެ ފައިސާ ވަޔަށް ބުރައިގެން ގޮސްފައި ހުރި މަންޒަރުވެސް ފެނެއެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
download - 2026-09-25T205834
އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި
20260925_191409
އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނަން. އެކަމަކު އިންޒާރު ދިނުން ހުއްޓާލައިފިނަމަ މަޝްވަރާގެ މޭޒަށް އެރުމަށް ތައްޔާރު: އީރާނު
maahidhaa
ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އިމިގްރޭޝަން އޮފިސަރު މާހިދާ ނިޔާވެއްޖެ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ