Saturday, 26 September 2026
Ads by

ދުނިޔަވީ ފާގަތިކަމާއި އުޚުރަވީ ކާމިޔާބީގެ އަސާސަކީ ޞައްޙަ ޢަޤީދާ: ހުކުރު ޚުޠުބާ

ދުނިޔަވީ ފާގަތިކަމާއި އުޚުރަވީ ކާމިޔާބީގެ އަސާސަކީ ޞައްޙަ ޢަޤީދާ: ހުކުރު ޚުޠުބާ

އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަން ލިބުން ގުޅިފައިވަނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ”އިސްލާމީ ޢަޤީދާގެ މުހިންމުކަން“ މި މައުޟޫޢަށް ޚާއްޞަކޮށްގެން ދެއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތަކާއި، ހެޔޮ ޢަމަލުތަކާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގަލެވެ.

Ad Image
Ads by

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ޒަމާން ތަރައްޤީވެ މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ބުނެފައިވެއެވެ. މިކަން ބަޔާންކުރައްވައި، އީމާންވެތިބެ އެއުރެންގެ އީމާންކަމުގެ ތެރެއަށް ޝިރުކުގެ އަނިޔާވެރިކަމެއް ނުލާ މީހުންނަށް އަމާންކަމާއި ތެދުމަގު ލިބިގެންވާކަމަށް ކީރިތި ޤުރްއާނުގެ އަލްއަންޢާމު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނަ ހަނދާންކޮށްދިނެވެ.

އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިކަން ފާހަގަކުރައްވައި، އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށް ޚުޠުބާގައި ބުންޏެވެ. ކީރިތި ޤުރްއާނުގެ އަލްއަންބިޔާއު ސޫރަތުގެ އާޔަތަކާ ހަވާލާދީ ޚުޠުބާގައި ބަޔާންކުރީ، އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައިނުގެންނެވި ނަމަވެސް، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާކަމުގައި ވާތީ، ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށެވެ.

ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރަސޫލުންނާއި ނަބިއްޔުންނަށް ކަމަށާއި، ޚާއްޞަކޮށް މާތް ނަބިއްޔާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އަނިޔާވެރިކަމާއި، ފުރައްސާރައާއި، އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމައާއި، ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަން ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެން ކަމަށާއި، ﷲއީ ރައްބުކަމުގައްޔާއި، އިސްލާމްދީނަކީ ދީންކަމުގައްޔާއި، މުޙައްމަދުގެފާނަކީ ރަސޫލާކަމުގައި ރުހި ޤަބޫލުވެއްޖެ މީހާއަށް އީމާންކަމުގެ ފޮނިމީރުކަން ލިބިއްޖެކަމަށް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅު އަޑުއަހައި ޢަމަލުކުރުމަށް އިލްތިމާސްކުރިއެވެ.

ބާއްޖަވެރިކަމާއި ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ އުޚުރަވީ ޙަޔާތް ވިއްކައިލާ މީހުން ގިނަކަން ފާހަގަކޮށް، ބޭރުފުށް ރީތިކުރަން މަސައްކަތްކުރި ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރުނުކުރެވޭކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މަޢުޤިލު ابن ޢުބައިދިﷲ އަލްޖަޒަރީ ނަޤުލުކުރައްވާފައިވާ ސަލަފުއްޞާލިޙުންގެ ނަސޭހަތްޕުޅެއް ހިއްސާކުރައްވަމުން، އެމީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް ﷲ އިޞްލާޙުކޮށްދެއްވާނެ ކަމަށާއި، ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް މީސްތަކުންނާ ދެމެދުގައިވާ ކަންކަން ފުއްދަވައިދެއްވާނެ ކަމަށާއި، އާޚިރަތަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންކަން ﷲ ފުއްދަވައިދެއްވާނެ ކަމަށް ބުންޏެވެ. އެހެންކަމުން ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި ޗާޖުކުރަން އަވަސްވެގަންނަ ފަދައިން، ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ ޞައްޙަ ޢަޤީދާ ބީވެގެން ހިނގައިދާނެކަމާމެދު ވިސްނައިލުމަށް ޚުޠުބާގައި އެދުނެވެ. މި ނިޢުމަތް ބީވެދާނެކަމުގެ ބިރު އޮތް މިންވަރު ބަޔާންކުރައްވައި ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ އުޞޫލުތައް ބޮޅަކަށްފަހު ބޮޅެއް ނެއްޓިގެންދާނީ ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުން ކަމަށެވެ. ފަހެ، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ދުނިޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރިންގެ މުސްތަޤުބަލަށް މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އަލްއުޝުޢަރާއު ސޫރަތުގެ އާޔަތަކާ ހަވާލާދީ ބަޔާންކުރީ، ޤިޔާމަތް ދުވަހަކީ މުދަލެއް ނުވަތަ ދަރިންނެއް މަންފާއެއް ނުކުރާނެ ދުވަސް ކަމަށާއި، މަންފާއެއް ކުރާނީ ސަލާމަތްވެގެންވާ ހިތަކައިގެން (ޤަލްބުން ސަލީމް) ﷲގެ ޙަޟުރަތަށް އައި މީހަކަށް އެކަނި ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަމުގައި މަޝްޣޫލުވެއުޅޭ އިރު، އާޚިރަތުގެ ކާމިޔާބީއަށް ޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށްވާން މަސައްކަތްކުރުމަށް ގޮވާލިއެވެ.

ޚުޠުބާގެ ދެވަނަ ބައިގައި، އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވާ ތަރިކައެއްގެ ގޮތުގައި ދެކެ މި މަތިވެރި ނިޢުމަތާމެދު އިހުމާލުނުވުމަށާއި، ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށް ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ ސާބިތުވުމަށް ނަސޭހަތްތެރިވިއެވެ. އަދި ޞަޙާބީ ޖުންދުބު ابن ޢަބްދިﷲ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިން، ކީރިތި ޤުރްއާން އުނގެނުމުގެ ކުރިން އީމާންކަން އުނގެނިވަޑައިގެން، އޭގެ ފަހުން ޤުރްއާން އުނގެނިވަޑައިގަތުމުން އީމާންކަން އިތުރަށް ވަރުގަދަވި ގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ. ޚުޠުބާ ނިންމާލަމުން، އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲގެ ޙަޟުރަތަށް ރުޖޫޢަކުރައްވާނޭ ދުވަހަށް ރައްކާތެރިވެ ބިރުވެތިވުމަށް އިލްތިމާސްކުރިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
download - 2026-09-25T205834
އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި
20260925_191409
އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނަން. އެކަމަކު އިންޒާރު ދިނުން ހުއްޓާލައިފިނަމަ މަޝްވަރާގެ މޭޒަށް އެރުމަށް ތައްޔާރު: އީރާނު
maahidhaa
ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އިމިގްރޭޝަން އޮފިސަރު މާހިދާ ނިޔާވެއްޖެ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ