Sunday, 27 September 2026
Ads by

ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!

ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!

މާލޭސިޓީ ކައުންސިލްގެ ޖަލްސާއެއްގައި އިރާޝާ ވާހަކަ ދައްކަނީ ----

މާލޭސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި ކައުންސިލަރު އިރާޝާ ދެއްކި ވާހަކަތަކުންނާއި ގެންގުޅުނު ހަމަތަކުން، އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގައި އޭނާގެ ހުރި ނާޤާބިލުކަން ވަރަށް ސާފުކޮށް ހާމަވެގެންގޮސްފިއެވެ.

Ad Image
Ads by

ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި، ސިޓީގެ ތަރައްޤީއަށް ބޭނުންވާ ފަންނީ އަދި އިދާރީ ކަންކަމަށް ފުންކޮށް ވިސްނުމުގެ ބަދަލުގައި، އޭނާގެ ވާހަކަތައް ބައްޓަންވެފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ހަމައެކަނި ލަފާކުރުންތަކެއްގެ މައްޗަށެވެ. މިއީ ސިޓީ ކައުންސިލް ފަދަ އާންމު ހިދުމަތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ މުއައްސަސާއެއްގެ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ސޫރައެއް ނޫންކަމަށްވާއިރު، މިކަމުން އަންގައިދެނީ ރައްޔިތުންގެ ކަންކަން ނިންމުމުގައި އޭނާގެ ހުރި އުނިކަމެވެ.

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އާމިނަތު އިރާޝާ ދެއްކި ވާހަކަތަކަކީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ތަރައްޤީގެ ނަޒަރިއްޔާތުން އެއްވެސް ދެކޮޅެއް ޖެހޭ ވާހަކަތަކެއް ނޫނެވެ. ހިޔާ ފްލެޓްތަކުގެ މަސައްކަތް ދެބުރިއަށް ނިމިފައި ވަނިކޮށް އެމްޑީޕީ ސަރުކާރުން އެތަން ނިންމި ކަމަށް ބުނެ، ސަރުކާރުތައް ބަދަލުވާއިރު ކަންކަން ހުންނާނީ ނުނިމި ކަމަށާއި އެހެންވެ ”ރަސްމާލެ“ ހިއްކަން ނުޖެހޭނެ ކަމަށް އިރާޝާ ވިދާޅުވުމަކީ ތަރައްޤީގެ ސަރީޙަ ތަޞައްވުރެއް ނެތްކަން ހާމަވާ ކަމެކެވެ.

އެމްޑީޕީ ސަރުކާރުން ކުރީގެ މަޝްރޫޢުތައް ނިންމި ކަމަށް ބުނެ ސަނާ ކިޔަމުން، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ފަށާ ”ރަސްމާލެ“ ފަދަ ބިޔަ މަޝްރޫޢުތަކާ އިރާޝާ ދެކޮޅުހެއްދެވުމަކީ ދެކޮޅުނުޖެހޭ ބޭކާރު އުޒުރެކެވެ. ސަރުކާރުތައް ބަދަލުވިޔަސް، ދައުލަތުގެ ހިންގުމާއި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާންޖެހޭނެއެވެ.

ތަޢުލީމީ ފެންވަރެއް އަދި ތަޞައްވުރެއް ނެތް މީހުން ރައްޔިތުން ތަމްސީލުކުރާ މަޤާމުތަކަށް އައުމުގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. ޤައުމުގެ ކުރިމަގާމެދު ފުންކޮށް ވިސްނުމުގެ ޤާބިލުކަން ނެތް މީހުން ވެރިކަމުގެ ބާރުތަކާ ހަވާލުވުމުން، ސިޔާސީ ވާދަވެރިކަމުގައި ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅި، އޭގެ އެންމެ ބޮޑު ގެއްލުމާއި ނިކަމެތިކަން ތަހައްމަލުކުރަންޖެހެނީ އާންމު ރައްޔިތުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި