އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކު ޗެކްޕޮއިންޓަކަށް ކާރެއް ވައްދާލައިގެން ބުދަ ދުވަހު ދިން ޙަމަލާއެއްގައި، އެމެރިކާގައި ހުރި އިޒްރޭލުގެ ސަފީރު ޔެކިއެލް ލެއިޓަރ ގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވެ، ޙާލު ސީރިއަސްވެއްޖެއެވެ.
ބުދަ ދުވަހުގެ މެންދުރުފަހު، ވެސްޓު ބޭންކުގައި އޮންނަ ބެއިޓް ހޮރޯން ސެޓްލްމަންޓް ކައިރީގައި ހުރި އިސްރާއީލު ސިފައިންގެ ޗެކްޕޮއިންޓަކަށް ފަލަސްޠީނު މީހަކު ވަނީ ބާރު ސްޕީޑުގައި ކާރު ދުއްވާފައި ގޮސް ވައްދާލާފައެވެ. މި ޙަމަލާގައި އަނިޔާވީ ޗެކްޕޮއިންޓްގައި ޑިއުޓީގައި ހުރި ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ ނެރިއާ ލެއިޓަރ އަށެވެ.
🇺🇸🇵🇸 West Bank ramming attack
U.S. ambassador’s son reportedly “fighting for his life.” pic.twitter.com/CZ6OLy9hcd— SilencedSirs◼️ (@SilentlySirs) September 23, 2026
ސިއްޙީ އެހީތެރިން އެ ސަރަޙައްދަށް ދިޔައިރު ނެރިއާ އޮތީ ހޭނެތިފައެވެ. އޭނާ ވަގުތުން ވަނީ ޤުދުސްގެ ޝައާރޭ ޒެޑެކް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސަފީރު ބުނެފައިވަނީ އޭނާގެ ދަރިފުޅު ސަލާމަތްވުމަށް ’މުޢުޖިޒާތެއް‘ ބޭނުންވާކަމަށެވެ.
ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ކަށަވަރުކޮށްދިން ގޮތުގައި، ކާރު ދުއްވަން އިން 29 އަހަރުގެ މަޙްމޫދު މުޙައްމަދު މަޙްމޫދު ސުލައިމާން ވަނީ އިޒްރޭލު ސިފައިން ބަޑިޖަހައި އެތަނުގައި ޝަހީދުކޮށްލާފައެވެ. ސަފީރު ޔެކިއެލް ލެއިޓަރ ގެ އެންމެ ދޮށީ ދަރިފުޅު، މޯޝޭ ޔެދިދްޔާ ލެއިޓަރ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމައިގައި މަރާލާފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އދ. ގެ އާންމު މަޖިލީހަށް ފުރުމުގެ ކުރިން ބުދަ ދުވަހުގެ ރޭ ވަނީ ހޮސްޕިޓަލަށް ގޮސް ސަފީރުގެ އާއިލާއާ ބައްދަލުކޮށްފައެވެ.













