Sunday, 27 September 2026
Ads by

ސަޢޫދީއާއެކު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ގާތް ގުޅުމެއް: ރައީސް

ސަޢޫދީއާއެކު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ގާތް ގުޅުމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ފުން، ވަރުގަދަ އުހުއްވަތްތެރި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ އިސްލާމީ މަތިވެރި އަގީދާއާއި އެއްގޮތް ގަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އަހުވަންތަކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަގާފީ ގޮތުންނާއި މެހެމާންދާރީ އަދާކުރުމުގައި ދެ ގައުމުގެ މެދުގައި ހުރި އެއްގޮތް ސިފަތަކުގެ ސަބަބުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އިހްލާސްތެރި އެކުވެރިކަން އިތުރަށް ހަރުދަނާވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ހަރުދަނާ އުސޫލުތަކަށާއި ދުރުވިސްނޭ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، އެ ގައުމުގެ ކިބައިން ފެންނަނީ ކެރުމާއި، ދުރުވިސްނުމާއި، ދީލަތިކަމުގެ އިތުރުން މެހެމާންދާރީ އަދި އަސްލުވަންތަކަމުގެ ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ސަޢޫދީ ޢަރަބިއްޔާއިން އަދާކުރަމުންދާ އިސް ދައުރާއި، ސުލްހަމަސަލަސްކަމާއި ތަރައްގީ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީގައި ސަޢޫދީ ޢަރަބިއްޔާއިން ވެދީފައިވާ ދީލަތި އެހީތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަތުރުފަތުރާއި، ގެދޮރުވެރިކަމާއި، ސިއްހީ ދާއިރާ އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ހާއްސަކޮށް ސުނާމީ ކާރިސާއަށްފަހު ރާއްޖެ އަލުން ބިނާކުރުމުގައި ސަޢޫދީން އަގުހުރި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަހަރުގެ ސަޢޫދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ ޝިއާރު ކަމުގައިވާ ”އަޅުގަނޑުމެންގެ ފަހުރަކީ އަޅުގަނޑުމެންގެ ތަބީއަތް“ މިއަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ހަމައެކަނި ގައުމީވަންތަކަން ދައްކުވައިދޭ ޝިއާރެއް ނޫން ކަމަށާއި، މިއީ ގައުމެއްގެ ސިފަތައް ބަޔާންކޮށްދީ، މުސްތަގުބަލުގެ މިސްރާބު އަލިކޮށްދޭ އަގުހުރި އުސޫލުތަކެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި