މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި އެމްޑީޕީގެ ކައުންސިލަރު މުޙައްމަދު ޣާލިބު، ކައުންސިލަރު ސަމާޙު ބޭނުންކުރައްވަމުން ގެންދެވި މައިކްރޯފޯނުގެ ކަރަންޓު ގަސްތުގައި ކަނޑާލި މައްސަލައެއް ވަނީ ތިލަވެފައެވެ.
ޖަލްސާގެ މަންޒަރުތައް ފެންނަ މީޑިއާ ވީޑިއޯއިން އެނގޭ ގޮތުގައި ޣާލިބު ވަނީ މޭޒުމަތީގައި އިން މައިކުގެ ސްއިޗާ ކުޅެ، ސަމާޙުގެ މައިކުން އަޑު ކެނޑޭގޮތް ހަދާފައެވެ.
މި އަމަލު ޣާލިބު ހިންގެވި ވަގުތު މާލޭގެ މޭޔަރު އާދަމް ޢާޒިމް ވަނީ އެކަމަށް ހިތްވަރު ދެއްވާފައެވެ. އަދި ޖަލްސާގައި ތިއްބެވި އެމްޑީޕީގެ އިތުރު ކައުންސިލަރުން ވެސް ވަނީ އެކަމާ މަޖާކޮށް، ސަމާޙަށް ޖޯކު ޖަހައި ހީހަދާފައެވެ.
ޣާލިބު މައިކުން ވާހަކަދައްކަވަމުން ގެންދެވިއިރު ވެސް ކައުންސިލަރުންގެ މެދުގައި ސަމާސާ ކުރަމުންދިޔަތަން ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
ޖަލްސާގެ ނިޒާމު ގެއްލުވާލައި، އެހެން ކައުންސިލަރެއްގެ މައިކު ގަސްތުގައި ކަނޑާލި މި އަމަލަކީ ސުލޫކީ ގޮތުން ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމުން، ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ކައުންސިލަރު ޣާލިބު ސަސްޕެންޑް ކުރުމުގެ ފުރުޞަތު އެބައޮތެވެ.














ގަސްދުގައި ރައްޔިތުންގެ ފައިސާ އިސްރާފުކޮށް، ރައްޔިތުންގެ މޫނުގައި ޖެހި ތަފާލެއް ތި ޢަމަލަކީ. އެކަމުގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ އަދި އެކަމުގައި ހިތްވަރުދީ ހެދި އެންމެންގެ މަހު ބަނޑު ހަނޑުލުގެ ދެގުނައިން ޖޫރިމަނާކުރަންޖެހޭ!