Tuesday, 17 November 2026
Ads by

ބޭރު ފައިސާ މާރުކުރުމުގެ އާ އުސޫލަށް އަންނަ މަހުން ފެށިގެން އަމަލުކުރަނީ

ބޭރު ފައިސާ މާރުކުރުމުގެ އާ އުސޫލަށް އަންނަ މަހުން ފެށިގެން އަމަލުކުރަނީ

މަރުކަޒީ ބޭންކް (އެމްއެމްއޭ)--- ފޮޓޯ: އެކި އެމްވީ

ބޭރު ފައިސާއާ ބެހޭ އައު ގާނޫނުގެ ދަށުން، ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެއެވެ.

Ad Image
Ads by

މި ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މީގެ ކުރިން ކޮންމެ ތިން މަހުން އެއްފަހަރު ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ކޮންމެ މަހަކު ވެސް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރުގެ ބަދަލުގައި، ރިސޯޓުތަކަށް މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. އެހެންކަމުން، މި ހިނގާ ސެޕްޓެމްބަރު މަހު ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ، އަންނަ އޮކްޓޫބަރު މަހުގެ 28 ގެ ކުރިން ބޭންކުތައް މެދުވެރިކޮށް މާރުކޮށް ނިންމަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ މަހެއްގެ 28 ގެ ކުރިން، ވޭތުވެދިޔަ މަހުގެ އާމްދަނީން ކަނޑައެޅިފައިވާ މިންވަރު މާރުކުރަމުން ގެންދަންވާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކަށް ވެސް މި ގާނޫނުގެ ދަށުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން:

  • ކެޓަގަރީ ’އޭ‘ (ރިސޯޓު ފަދަ ތަންތަން): މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
  • ކެޓަގަރީ ’ބީ‘ (ގެސްޓްހައުސް ފަދަ ތަންތަން): ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
  • ފަތުރުވެރިކަން ފިޔަވައި އެހެނިހެން ވިޔަފާރިތައް: އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ވިޔަފާރިތަކުން، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭނެއެވެ. މީގެ ކުރިން މި މިންގަނޑަކީ 15 މިލިއަން ޑޮލަރެވެ. ނަމަވެސް، މީގެ ތެރެއިން ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ އެންމެ 7 އިންސައްތައެވެ.

މި ހުރިހާ ފައިސާއެއް ވެސް، އަންނަ މަހުގެ 28 ގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށް ވުރެ ބޮޑުނުވާނޭހެންނެވެ. ރަސްމީ ރޭޓަށް ވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމުގެ އިތުރުން، އެފަދަ ކަންކަން އިޝްތިހާރު ކުރުމަކީ ވެސް މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

މިފަދަ ކަންކަމާ ހިލާފުވާ އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތައް ފަދަ ގާނޫނީ ޝަޚްސުތައް އެއް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި