Friday, 25 September 2026
Ads by

ޔޫކްރެއިންގެ ކާރުޚާނާތަކަށް ރަޝިޔާއިން ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 4 އަށް އަރައިފި

ޔޫކްރެއިންގެ ކާރުޚާނާތަކަށް ރަޝިޔާއިން ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 4 އަށް އަރައިފި

2026 ސެޕްޓެމްބަރު 22 ގެ ރޭގަނޑުގެ ވަގުތުގައި ރަޝިއާއިން ދިން ޙަމަލާއަކާ ގުޅިގެން، ޑނިޕްރޮޕެޓްރޮވްސްކް އޮބްލާސްޓްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމެޖެންސީ އަދި ރެސްކިއު ޓީމުން ހަރަކާތްރިވަނީ. (ލޯކަލް އޮތޯރިޓީސް/ޓެލެގްރާމް)

ޔޫކްރެއިންގެ އިޤްތިޞާދީ މައި ނާރު ކަމަށްވާ ސިނާޢީ ސަރަޙައްދުތަކަށް ރަޝިޔާއިން ރޭގަނޑު ދިން ވަރުގަދަ ޙަމަލާތަކުގައި ޑްނީޕްރޯ ސިޓީއިން މަރުވި މީހުންގެ ޢަދަދު 4 އަށް އަރައިފިއެވެ. އަދި މި ޙަމަލާތަކުގައި އިތުރު 6 މީހަކަށް ވަނީ އަނިޔާވެފައެވެ.

Ad Image
Ads by

ޔޫކްރެއިންގެ ވައިގެ ސިފައިން ހާމަކުރި ގޮތުގައި، މި ޙަމަލާގައި ރަޝިޔާއިން ވަނީ 212 ޑްރޯންގެ އިތުރުން ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލް އަދި އޮނިކްސް އެންޓި-ޝިޕް މިސައިލް ބޭނުންކޮށްފައެވެ.

ގަވަރނަރު އޮލެކްސަންދްރް ހަންޒާ ވިދާޅުވި ގޮތުގައި، ޑްނީޕްރޯ، ކްރީވީ ރީހް އަދި ޕަވްލޮހްރާޑްގައި ހުރި ކާރުޚާނާތަކާއި ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ސަރަޙައްދަކީ ޔޫކްރެއިންގެ މެޝިނަރީ އަދި ދަގަނޑު އުފެއްދުމުގެ މައި މަރުކަޒެވެ. ޑްނީޕްރޯއަށް ދިން ޙަމަލާގައި 4 މީހުން މަރުވެ 6 މީހަކަށް އަނިޔާވެފައިވާއިރު، ވިޔަފާރިކުރާ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މެދުތެރޭގައި އޮންނަ ޕޮލްޓާވާ ސަރަޙައްދަށްވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ހަކަތައާބެހޭ ކުންފުނި ނަފްޓޯގޭޒް އިން ބުނިގޮތުގައި 5 ބެލިސްޓިކް މިސައިލެއް ތެލާއި ގޭސް އުފައްދާ މަރުކަޒަކަށް އަރައި، އެތަން ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އުތުރުގައި އޮންނަ ޗެރްނިހީވް ސަރަޙައްދުގެ ކަރަންޓު ވިއުގައަށް ދިން ޙަމަލާއެއްގެ ސަބަބުން، އެ ސަރަޙައްދުގެ 100,000 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓާ ނުލައި ތިބެންޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ