Sunday, 27 September 2026
Ads by

އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރަން ނިންމައިފި

އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރަން ނިންމައިފި

އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ މަޝްރޫއުގައި ސޮއިކުރުން--- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން، ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ބުނީ، ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު މިހާރު އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓެވެ. ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ހައުސިންގ މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިންގ ޔުނިޓުގެ ސަބަބުން، މީގެކުރިން ސަރުކާރުން އިއުލާންކޮށްފައިވާ ސޯޝަލް ހައުސިންގ މަޝްރޫއުތަކުގެ އަދަދަށް އެއްވެސް އުނިއިތުރެއް ނާންނާނެއެވެ. ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭހެން ޖުމްލަ 65،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ކަނޑައަޅައިފައެވެ.

މީގެއިތުރުން، މި ބިޔަ މަޝްރޫއަށް ދައުލަތުން އެއްވެސް ސަވަރިން ގެރެންޓީއެއް ދީފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއު ހިންގާ ކުންފުންޏަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، ސަރުކާރާ ހަވާލުކުރުމަށްފަހު އެ ތަންތަން ވިއްކުމުގެ މަރުހަލާގެ ތެރެއިން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 716 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފައެވެ. މިއާއެކު ރަސްމާލެ ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.

ރަސްމާލޭގެ އިތުރުން ހުޅުމާލޭގައިވެސް މި މުހިންމު މަޝްރޫއު ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލް އައްބާރުގެ ވިޔަފާރި ހިއްސާ އޮންނަ، ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި