Monday, 28 September 2026
Ads by

މޫސުމީ ބަދަލުތަކާއި ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އދ.ގެ އެހީތެރިކަމަށް ނައިބު ރައީސް އެދިވަޑައިގެންފި

މޫސުމީ ބަދަލުތަކާއި ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އދ.ގެ އެހީތެރިކަމަށް ނައިބު ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އދ.ގެ އެއްބާރުލުން ބޭނުންވާކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

Ad Image
Ads by

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ދިވެހީން ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްނަންގަވައިގެން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ސާބަސް ދެއްވައި ޝުކުރު އަދާކުރެއްވިއެވެ.

އދ. ގެ ޢާންމު މަޖިލީހުގެ މިއަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން ޚާއްޞަ އިސްކަމެއްދޭ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ޤާއިމުކުރުމުގެ އިތުރުން ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛުކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ މަޝްރަޙުގައި އެފަދަ ޤައުމުތަކުގެ އަޑު އުފުލުމަށް އދ. އިޞްލާޙުކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖެއިން ހުށަހެޅި ކަންކަމަށް އިޖާބަދެއްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވަނީ ދިވެހިރާއްޖެއާއެކު އޮތް ބަދަހި އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ޤަބޫލުކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، މޫސުމީ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން އދ. އިން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން ހުރި މުހިންމު މައްސަލަތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފަލަސްޠީނުގެ މިހާރުގެ ނާޒުކު ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، އެ މައްސަލައަށް އިންޞާފުވެރި ޙައްލެއް ހޯދުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
easha
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ihusaan
ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި
mnu
ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފި
download - 2026-09-27T202702
އދ. ގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެވަޑައިގެންފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި