Sunday, 27 September 2026
Ads by

ފައިސަލަށް ތާއީދުކުރައްވައި، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން އިބޫ ނިންމަވައިފި ކަމުގެ އަޑުތަކެއް!

ފައިސަލަށް ތާއީދުކުރައްވައި، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން އިބޫ ނިންމަވައިފި ކަމުގެ އަޑުތަކެއް!

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް---

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުރެއްވުމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

Ad Image
Ads by

މީގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ނަމަވެސް، ޕާޓީގެ އެތެރެއާއި އާންމު މެންބަރުންގެ މެދުގައި މަގުބޫލުކަން ކުޑަވުމާ ގުޅިގެން ރައީސް ޞާލިޙް މިހާރު ނިންމަވާފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ކަމަށް ނުރަސްމީ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، މި ނިންމެވުމާ ގުޅޭ ރަސްމީ އެއްވެސް ތަފުސީލެއް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އަދި އެމްޑީޕީން ވެސް ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީގެ އެކި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެއްވި ގޮތުގައި، ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވަނީ ރައީސް ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ. މިގޮތުން ޕްރައިމަރީގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަމާ އެކު، ފައިސަލް ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ވެސް ކުރައްވައިފައެވެ. އަދި ފައިސަލްގެ ރަނިންގ މޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، މި ވާހަކަތަކާ ގުޅޭގޮތުން ރައީސް ޞާލިޙް އަދި ފައިސަލް ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގެން ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ 22 ފެބްރުއަރީ 2024 ގައެވެ. މިކަމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދަނީ ފައިސަލްއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން، ފައިސަލްއަކީ އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި، ޕާޓީއާ ގުޅިވަޑައިގަތްތާ އަދި ތިން އަހަރުވެސް ނުވާ ކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައި، ކެމްޕޭން ހަރަކާތްތައް ފައްޓަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި