Sunday, 27 September 2026
Ads by

ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގައި ރާއްޖެ ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް މުޢިއްޒު

ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގައި ރާއްޖެ ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެކުވެރި ދައުލަތްތައް (އދ) ގައި ހިމެނޭ ހުރިހާ ގައުމުތަކުގެ ހަމަހަމަކަން ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވިދާޅުވީ، 21 ސެޕްޓެމްބަރ 1965 ގައި ރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތާބެއްގައެވެ. އެމަނިކުފާނުގެ ހިތާބުގައި، އދ. ގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި، ކުދި ބޮޑު ހުރިހާ ގައުމަކަށް ވެސް އިންސާފުވެރިކަމާއެކު ތަމްސީލުވުމުގެ ހައްގު ހޯދައިދިނުމަށް ރާއްޖެއިން އިސްނަގާނެ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ޙައްޤުތަކާއި މަސްލަހަތު ރައްކާތެރިކުރުމަށާއި، ބައިނަލްއަގުވާމީ ނިންމުންތަކުގައި އެ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި އިގުތިސާދެއް ބިނާކުރުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އިއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދަރަނީގެ ބުރަ ލުއިކުރުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އދއާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ 60 އަށްވުރެ ގިނަ އަހަރުތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އދއިން ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ވެސް އދގެ އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދގެ ތެރޭގައި ރާއްޖޭގެ ދައުރު ފުޅާވަމުން އަންނަކަން ހާމަކުރެއްވިއެވެ. އެގޮތުން އދގެ އާންމު މަޖިލީހާއި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން ކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ’ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން‘ އަދި ’އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް)‘ ގެ މެންބަރުކަން އަދާކުރުމަށް ރާއްޖެ ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ގާނޫނުތަކަށާއި އދގެ ޗާޓަރަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް އިހުތިރާމްކުރާނެކަން ކަށަވަރުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެއްބާރުލުން އިތުރުކޮށްގެން ކަމަށެވެ. ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، 1965 ގައި ރާއްޖެ އދއާ ގުޅުނީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ބަލައިގަތުން ހޯދުމަށް ކަމުގައިވިޔަސް، މިއަދު ރާއްޖެ އޮތީ ދުނިޔޭގެ މައިދާނުގައި މިއަށްވުރެ ބޮޑެތި ޒިންމާތަކާއި ލީޑަރޝިޕް ނެގުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި