Sunday, 25 October 2026
Ads by

ޕްރެކްޓިކަލްއާ ނުލައި ގިނަ ލައިސެންސްތަކެއް ދޫކުރި މައްސަލައެއް: ގައްދޫން ލައިސެންސް ދޫކުރުން މެދުކަނޑާލައިފި

ޕްރެކްޓިކަލްއާ ނުލައި ގިނަ ލައިސެންސްތަކެއް ދޫކުރި މައްސަލައެއް: ގައްދޫން ލައިސެންސް ދޫކުރުން މެދުކަނޑާލައިފި

ގދ. ގައްދޫ---

ގދ. ގައްދޫ ކައުންސިލުން ފޯރުކޮށްދެމުން އައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އެންމެހައި ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ފެށި މި ހިދުމަތް މެދުކަނޑާލަން ޖެހުނީ ޒިންމާދާރު ފަރާތްތަކެއްގެ އިހުމާލުންނާއި، މާލީ ބޮޑެތި މަންފާތަކެއް ހޯދުމަށްޓަކައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ ގިނަ އަމަލުތަކެއްގެ ސަބަބުންނެވެ.

ކައުންސިލުން ބުނި ގޮތުގައި، ފަސްވަނަ ދައުރުގެ ކައުންސިލަރުން މަގާމާ ހަވާލުވި ފަހުން ވެސް ލައިސަންސް ދޫކުރުމުގެ ނިޒާމާ މެދު ގިނަ ޝަކުވާތަކެއް ވަނީ ލިބިފައެވެ. އެގޮތުން، މި ހިނގާ މަހުގެ 6 ވަނަ ދުވަހު ކައުންސިލްގެ ރައީސަށް ލިބުނު އިތުބާރު ހުރި މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން، މާލޭގައި ހުރި ފަރާތަކުން އޮގަސްޓް 30 ގައި ލައިސަންސަށް އެދުމުން، ޖެހިގެން އައި އޮގަސްޓް 31 ވަނަ ދުވަހު ގަވާއިދާ ހިލާފަށް އެ ފަރާތަށް ގައްދޫ ކައުންސިލުން ލައިސަންސް ދޫކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ އިތުރަށް ބެލުމުން، މިއީ ހަތަރުވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެންބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއްކަން އެނގިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން، އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މަޖުބޫރުވެގެން ގިނަ ކަންތައްތަކެއް ކުރަންޖެހި، އޭގެ ހުރިހާ ގެއްލުމަކާއި ތަކުލީފެއް އުފުލަން ޖެހުނީ އެ މުވައްޒަފުންނަށް ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.

ގައްދޫ ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހު ކަމާބެހޭ ވުޒާރާގެ އިސް ދެ ބޭފުޅަކު އެ ރަށަށް ވަޑައިގެން ހިންގެވި މޮނިޓަރިންގ މަސައްކަތުން ވެސް، ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އެގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި މާލެއިން ލައިސަންސް ދޫކުރާ ނިސްބަތާ އެއްވަރަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ފާހަގަކުރެވުނެވެ. ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގައްދޫއިން 1،600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާއިރު، މިއީ މަހަކު އެވްރެޖުކޮށް 133 ލައިސަންސެވެ. ނަމަވެސް، އިމްތިހާނު ހެދުމުގައި ހަރަކާތްތެރިވި އެގްޒެމިނަރުންގެ މައުލޫމާތަށް ބަލާއިރު، ހަފުތާއަކު ދެތިން މީހަކު ވެސް ޕްރެކްޓިކަލް އިމްތިހާނު ފުރިހަމަކޮށްފައި ނުވާކަން ވަނީ އެނގިފައެވެ.

އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ހިދުމަތް އަލުން ފެށުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ހިނގަމުންދާ ފަސްވަނަ ދައުރުގައި ހިޔާނާތާއި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދީ، އިދާރީ ހިންގުން ހަރުދަނާކޮށް، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތުގައި ހިދުމަތް ދިނުމުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި