Sunday, 27 September 2026
Ads by

ނިއޯނޭޓަލް ހިދުމަތަށް ޒަމާނީ ވަސީލަތްތައް ހޯދުމާއެކު ފަންނީ މީހުން ބިނާކުރުން މުހިންމު: މެޑަމް ސާޖިދާ

ނިއޯނޭޓަލް ހިދުމަތަށް ޒަމާނީ ވަސީލަތްތައް ހޯދުމާއެކު ފަންނީ މީހުން ބިނާކުރުން މުހިންމު: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު--- ފޮޓޯ: ޕީއެސްއެމް

ޅަފަތުގެ ތުއްތުކުދިންނަށް ދޭ ފަރުވާ ނުވަތަ ނިއޯނޭޓަލް ހިދުމަތް ފުޅާކުރުމަށްޓަކައި، ޒަމާނީ އާލާތްތައް ހޯދުމުގެ އިތުރުން އެ ދާއިރާއިން ގާބިލު މީހުން ބިނާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، ޅަފަތުގެ ސިއްހީ ފަރުވާއަށް ހާއްސަކޮށްގެން ބޭއްވި ”ނިއޯކެއަރ ކޮންފަރެންސް“ އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ހިދުމަތް ފެށިގެން އައިއިރު އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއަދު މި ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި މިފަދަ ނާޒުކު ހާލަތްތަކުގައި ޑޮކްޓަރުން ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި، ނަރުހުންގެ އޯގާތެރި އަޅާލުމާއެކު ލިބިދޭ ހިތްވަރަކީ ކަންބޮޑުވެފައި ތިބޭ މައިންބަފައިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުފަންވާ ކުއްޖަކަށް ވިޔަސް، އެ ކުއްޖަކަށް ބޭނުންވާ ފުރިހަމަ ސިއްހީ ފަރުވާއާއި ރައްކާތެރިކަން ކަށަވަރުވާންޖެހޭނެކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެކަން ހާސިލުކުރެވޭނީ ޒަމާނީ ސިއްހީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ގާއިމުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރަން ދަންނަ ތަމްރީނު ލިބިފައިވާ ސިއްހީ ހިދުމަތްތެރިން ތިބެގެން ކަމަށެވެ. އެހެންކަމުން މި ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމާއެކު، އިންސާނީ ވަސީލަތް ބިނާކުރުމަށް އިސްކަންދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިކަމަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ހަމައެކަނި ޒަމާނީ ޓެކްނޮލޮޖީއަކުން ފުރާނައެއް ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. މެޝިނަކުން ތުއްތުކުއްޖާގެ ހިތުގެ ވިންދު ބަލައިދިން ނަމަވެސް، އެ ވިންދުން ބުނެދޭ ސިއްހީ މާނަ ދެނެގަންނަން އެނގޭނީ އެކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ފަންނީ މީހުންނަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނިއޯނޭޓަލް ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، މެންޓަރޝިޕް ޕްރޮގްރާމްތަކުގެ ތެރެއިން އެކަކު އަނެކެއްގެ ތަޖުރިބާއިން ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސްގެ ޒަރީއާއިން އެކި ސިއްހީ މަރުކަޒުތަކުގެ ބައިވެރިންގެ މެދުގައި ބަދަލުކުރެވޭ މައުލޫމާތާއި ތަޖުރިބާތަކަކީ ގައުމީ ފެންވަރުގައި މި ހިދުމަތް ކުރިއެރުވުމަށް އެޅޭ މުހިންމު ބާރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިއަދާއި މާދަމާ މި ގައުމަށް އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ވެސް އެންމެ ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް އެންމެން އެކުގައި އަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ. މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ”ނިއޯކެއަރ އެންޑް އެންއައިސީޔޫ ނިއުސް ބުލެޓިން“ ރަސްމީކޮށް ނެރެދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި