Sunday, 27 September 2026
Ads by

ޕީއެންސީގެ ޖޯޝުގައި މަސައްކަތް ކޮށްފިނަމަ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ: ޢަބްދުއްރަޙީމް

ޕީއެންސީގެ ޖޯޝުގައި މަސައްކަތް ކޮށްފިނަމަ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ---

ޕީއެންސީގެ އެކުވެރިކަމާއި ޖޯޝުގައި މަސައްކަތްކޮށްފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ޤައުމީ މަޖިލިސް ނުވަތަ ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ސިޔާސީ ޖަލްސާއެއް ނޫންކަން ފާހަގަކުރައްވައި، ކޮންގްރެސްގެ ކާމިޔާބީއަށްޓަކައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް އޭނާ ވަނީ ތަހުނިޔާ ދަންނަވާފައެވެ.

ޤައުމީ މަޖިލީހުގެ ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކޮށް ނިންމާލުމުގައި ޕާޓީގެ ވިލަރެސް ކޮމިޓީންނާއި، މުވައްޒަފުންގެ އިތުރުން ސަޕޯޓަރުން ކުރި އިޚްލާޞްތެރި މަސައްކަތްތަކަށް ޢަބްދުއްރަޙީމް ވަނީ ޝުކުރެއް އަދާކުރައްވާފައެވެ. ޚާއްޞަކޮށް، ވިލަރެސް ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރެއްވި ޕާޓީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙުގެ ނަންފުޅު އޭނާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އިންތިޒާމު ރަނގަޅު، އެންމެ ބޮޑު ކޮންގްރެސް ބޭއްވީ ޕީއެންސީންކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ގޮންޖަހާލެވޭނެ ފަދަ އިވެންޓެއް ނޫން ކަމަށެވެ. އަދި މި ކޮންގްރެސްއިން ފެނިގެންދިޔައީ ދިވެހިރާއްޖޭގައި މިއަދު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ބަދަހިކަމާއި ޖޯޝު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މިއަދު ބޭނުންވަނީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމަވާނެ ވެރިއެއްކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އެފަދަ ވެރިއެއްކަން މި ކޮންގްރެސްއިން ސާބިތުވެގެން ގޮސްފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ޤައުމުގައި އޮންނަންޖެހެނީ ބިނާކުރަނިވި، ޤައުމީ ފިކުރުގެ ވެރިކަމެއް ކަމަށާއި، އެ ފިކުރު މިއަދު އޮތީ ރައީސް މުޢިއްޒާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، އެއްވެސް މެންބަރަކު އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، މި އުފެދުނު ރޫޙާއި ޖޯޝުގައި އެއް އަޒުމެއްގައި ނުކުމެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑުތަނުން ކާމިޔާބުކޮށްދިނުމަށްޓަކައި ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި