Monday, 21 September 2026
Ads by

ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލަން ސައިބާ މާހިރުންގެ އިންޒާރެއް!

ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލަން ސައިބާ މާހިރުންގެ އިންޒާރެއް!

ޗުއްޓީއަށް ނުވަތަ އެކި ބޭނުންތަކުގައި ގައުމުން ބޭރަށް ދާއިރު ބޯޑިން ޕާހާއި ޓިކެޓުގެ ފޮޓޯ ނަގައި މީސްމީޑިއާއަށް ދޫކޮށްލުމަކީ ގިނަ ބައެއްގެ އާދައަކަށް ވެފައިވީ ނަމަވެސް، މިއީ އަމިއްލަ ސައިބާ ސަލާމަތާއި ރައްކާތެރިކަން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާ ކަމެއް ކަމަށް ސައިބާ ސެކިއުރިޓީ މާހިރުން އިންޒާރު ކުރައްވައިފިއެވެ.

Ad Image
Ads by

ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި މީސްމީޑިއާގައި ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލުމަށް މާހިރުން އިލްތިމާސްކުރައްވަނީ، އެ ފޮޓޯތަކުގައި ހުންނަ ބާކޯޑުތަކާއި ބުކިން ކޯޑުތައް ބޭނުންކޮށްގެން ކުށްވެރިންނަށް އެ މީހެއްގެ ދަތުރުގެ މައުލޫމާތުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާތީއެވެ.

ސައިބާ މާހިރުން ފާހަގަކުރާ ގޮތުގައި، ބޯޑިން ޕާހުގައިވާ ކޯޑުތައް ބޭނުންކޮށްގެން އެމީހެއްގެ ފްލައިޓް އައިޓިނަރަރީއާއި ހޮޓެލް ބުކިންތަކުގެ މައުލޫމާތު ހޯދައި، އެ ބުކިންތަކަށް ބަދަލުތައް ގެނައުމާއި، ބުކިން ކެންސަލްކުރުން ނުވަތަ އަތުލައިގަތުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގުމުގެ މަގު ފަހިވެގެންދެއެވެ.

ބޯޑިން ޕާސްތަކުގައި ހުންނަ 2ޑީ ބާކޯޑުތަކާއި 6 އަކުރުގެ ޕީއެންއާރު (PNR) ކޯޑަކީ ހަމައެކަނި ދަތުރުކުރާ ތާރީޚާއި ވަގުތު އެނގޭ އެއްޗެއް ނޫނެވެ. އޭގެ ތެރޭގައި ދަތުރުވެރިޔާގެ ފުރިހަމަ ނަމާއި، ޓިކެޓު ނަންބަރާއި، ފްރީކުއެންޓް ފްލަޔާ ނަންބަރުގެ އިތުރުން އަމިއްލަ އެކި މައުލޫމާތުތައް ރައްކާކުރެވިފައި ހުރެއެވެ. އިންޓަނެޓުން ފަސޭހައިން ލިބޭ ބާކޯޑު ރީޑަރުތައް ބޭނުންކޮށްގެން ކުށްވެރިންނަށް މި މައުލޫމާތުތައް ވަގުތުން ނެގެއެވެ.

މިފަދަ މައުލޫމާތުތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އެއާލައިން އެކައުންޓްތައް ހެކްކުރުމާއި، މޭލްސް/ޕޮއިންޓްސް ވަގަށް ނެގުމުގެ އިތުރުން ދަތުރުވެރިޔާގެ ނަމުގައި އެހެން ކުށްތައް ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. އެހެންކަމުން ދަތުރުގެ އުފާވެރިކަން ހިއްސާކުރަން ބޭނުންވި ނަމަވެސް، ބޯޑިން ޕާހާއި ޓިކެޓުގެ ބާކޯޑާއި މައުލޫމާތު އެނގޭ ފޮޓޯ މީސްމީޑިއާގައި ނުޖެހުމަށާއި، ފޮޓޯއެއް ހިއްސާކުރާނަމަ އެފަދަ މައުލޫމާތުތައް ފޮރުވައި ނުވަތަ ބްލަރ ކުރުމަށް ސެކިއުރިޓީ މާހިރުން އިރުޝާދު ދެއްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260920_224720
ހޫޘީންގެ ޙަމަލާތަކާ ގުޅިގެން ސަޢޫދީގެ ދިފާޢުގައި ތުރުކީ އާއި ޕާކިސްތާނުން ތެދުވެއްޖެ
20260920_211927
ހޫޘީން ރިޔާޟަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި
20260920_213847
ސަޢޫދީގެ ވެރިރަށަށް ހޫޘީން ދިން ޙަމަލާ ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި
big_ubKu1fAPO6Z6TrYjoD05w95De (1)
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި