Sunday, 20 September 2026
Ads by

ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޕީއެލްގެ ކުރީގެ އެމްޑީ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ

ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޕީއެލްގެ ކުރީގެ އެމްޑީ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ

އެމްޕީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖުނައިދު ---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދާއި، އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ހެޑްގެ މަގާމުގައި އޭރު ހުރި އަބްދުލްވައްހާބުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

Ad Image
Ads by

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު އެމްޕީއެލްއަށް 18 އެއާކޮންޑިޝަން ޔުނިޓު ގަތުމުގެ މުއާމަލާތާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މި އޭސީތައް ގަތުމުގައި ކުންފުނީގެ ސްޓްރެޓެޖީއާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވެއެވެ. އެގޮތުން އެތަކެތި ގަނެފައިވަނީ އާންމުކޮށް އިއުލާނުކުރުމެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ސާފުކުރުމެއް ނެތިއެވެ.

މީގެއިތުރުން، އޭސީތައް ގަނެފައިވަނީ ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމަލީ ވިޔަފާރިއަކުން، މާކެޓުގައި އެތަކެތި ލިބެންހުރި އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައެވެ.

މި 18 އޭސީ ޔުނިޓު ގަތުމަށްޓަކައި އެމްޕީއެލްއިން ޖުމްލަ 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ ހިނގަމުންދާ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އޭސީސީން އެދިފައިވަނީ މުއްތަހަމުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖައިޒު މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot 2026-09-20 at 15.46
އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ މޭޔަރު ސައުދުގެ މައްޗަށް ދައުވާކުރަނީ
download - 2026-09-20T154841
ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޕީއެލްގެ ކުރީގެ އެމްޑީ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ