Sunday, 20 September 2026
Ads by

އިޒްރޭލުގެ އަސްކަރިއްޔާއަށް ފާޑުކިޔާ މީހުންގެ ރައްޔިތުކަން ކަނޑާލުމުގެ ޤާނޫނެއް ގެންނަން ނަތަންޔާހޫ ނިންމައިފި

އިޒްރޭލުގެ އަސްކަރިއްޔާއަށް ފާޑުކިޔާ މީހުންގެ ރައްޔިތުކަން ކަނޑާލުމުގެ ޤާނޫނެއް ގެންނަން ނަތަންޔާހޫ ނިންމައިފި

އިސްތިއިމާރުކޮށްފައިވާ ޤުދުސްގައި ހުންނަ އިޒްރޭލުގެ މިއުޒިއަމްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަތުގުޅާގެން. (އޭ.ޕީ ފޮޓޯ/ސެބަސްޓިއަން ޝައިނަރ)

ޣައްޒާގައި އިޒްރޭލުގެ އިސްިތިއުމާރީ ވެރިކަމުން ހިންގަމުންދާ ޤަތުލުޢާއްމާ ދެކޮޅަށް އަޑުއުފުލާ އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، އިޒްރޭލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) އަށް ފާޑުކިޔާ މީހުންގެ ރައްޔިތުކަން ކަނޑާލެވޭ ފަދަ ޤާނޫނެއް ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލައިފިއެވެ.

Ad Image
Ads by

މި އިންޒާރު ދީފައިމިވަނީ، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގައި ޢާންމުން މެރުމަށް އިޒްރޭލުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ގޮތް ފަޅާއަރުވާލައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ފިލްމު ’ނާޒާ’ގެ ޑައިރެކްޓަރުން ކަމަށްވާ ޔުވަލް އަބްރަހަމް އަދި ރޭޗަލް ޒޯރ އަށް އަމާޒުކޮށްގެންނެވެ. މި ފިލްމަށް ދާދިފަހުން ވެނިސް ފިލްމު ފެސްޓިވަލްގައި ވަނީ ޚާއްޞަ އެވޯޑެއްވެސް ލިބިފައެވެ.

އެކްސްގައި ޢާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، އައި.ޑީ.އެފްގެ ސިފައިންގެ އަގުވައްޓާލާ މީހުންގެ ”ޖީބަށާއި ރައްޔިތުކަމަށް“ ޙަމަލާދޭނެ ކަމަށާއި، އެފަދަ މީހުންނަށް އިޒްރޭލުގައި ޖާގައެއް ނެތް ކަމަށެވެ. އަދި އަބުރުގެ ދަޢުވާތަކުގައި ނަގައިދޭ ޖޫރިމަނާ 20 ގުނަ ބޮޑުކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

އިޒްރޭލުގެ ކަލްޗަރ މިނިސްޓަރު މިކީ ޒޯހަރ ވަނީ، މި ދެ ޑައިރެކްޓަރުންނަކީ ޤައުމަށް ޣައްދާރުވެފައިވާ ބައެއް ކަމަށް ކަނޑައަޅައި، އެމީހުންގެ ރައްޔިތުކަން ކަނޑާލުމަށް އިމިގްރޭޝަނަށް ރަސްމީކޮށް އަންގާފައެވެ. އަދި ފިލްމަށް މަޢުލޫމާތުދިން މީހުން ހޯދުމަށް ޖާސޫސީ އިދާރާ (ޝިން ބެޓް) އަށްވެސް ވަނީ ގޮވާލާފައެވެ.

’ނާޒާ‘ އަކީ އިޒްރޭލުގެ އަސްކަރިއްޔާއިން ”ކޮލެޓަރަލް ޑެމޭޖް“ އަށް ކިޔާ ނަމެކެވެ. މި ފިލްމުގައި އިޒްރޭލުގެ ޖާސޫސީ އިދާރާގެ 24 އޮފިސަރަކު ދީފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޣައްޒާގައި އެތައް ހާސް ބަޔަކު މަރުވަމުންދަނީ އޮޅުމަކުން ނޫން ކަމަށާއި، އެއީ އޭއައި ބޭނުންކޮށްގެން ގަސްތުގައި ރާވައިގެން ހިންގާ ޤަތުލުޢާއްމެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 21,000 ކުޑަކުދިން ހިމެނެއެވެ. ނަމަވެސް އިޒްރޭލުން ބުނަމުންދަނީ އެމީހުން ޙަރަކާތްތެރިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

ނަތަންޔާހޫ އަބަދުވެސް އިޒްރޭލަކީ މެދުއިރުމަތީގެ ”އެންމެ ފުރިހަމަ ޑިމޮކްރެސީ“ ކަމަށް ބުނަމުންދިޔަ ނަމަވެސް، ޙަޤީޤަތް ހާމަކުރާ އަމިއްލަ ރައްޔިތުންނާ މެދު ކަންތައްކުރާ ގޮތުން އެކަން ވަނީ ދޮގުވެފައެވެ. ފިލްމުގެ ޑައިރެކްޓަރުންގެ ޢާއިލާތައް ދިރިއުޅޭ ގޭގެ ކައިރިއަށް އެއްވެ، އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދަނީ މުޒާހަރާކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ