ޔަމަނުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައިފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އަދި މިހަމަލާތައް ފޮނުވާލުމާ ގުޅިގެން ރިޔާޟުގެ އުޑުމަތިން މިސައިލްތައް ގޮއްވާލާ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މިއީ އެމެރިކާގެ ސިފައިންވެސް ޤާއިމުވެ ތިބޭ ޕްރިންސް ސުލްޠާން އެއާ ބޭސަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމަށް ބެލެވޭއިރު، އެ އަސްކަރީ މަރުކަޒު ހުންނަނީ ރިޔާޟާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައެވެ.
އެ މަރުކަޒަށް ޙަމަލާދޭ ވަގުތުތަކުގައި ރިޔާޟު ސިޓީއަށް އާންމުކޮށް އިންޒާރީ ސައިރަން ނުގޮވާ ކަމަށާއި، މިއީ މިއަހަރުގެ ކުރީކޮޅު އީރާނުން އެ މަރުކަޒަށް ދިން ޙަމަލާތަކުގައިވެސް ކަންކަން ހިނގާފައިވާ ގޮތް ކަމަށް މައުލޫމާތު ލިބެއެވެ.
މި ޙަމަލާތަކާ ގުޅިގެން ރިޔާޟު އިންޓަރނޭޝަނަލް އެއާޕޯޓުގެ ނެވިގޭޝަން ސިސްޓަމްތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ސިސްޓަމްތަކުގެ މަސައްކަތްތަކަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ސަރަހައްދުގެ ރިޕޯޓުތަކުން ބުނެއެވެ.
މި ފަހަކަށް އައިސް ޔަމަންގެ ހޫޘީންނާއި ސަޢޫދީ އިއްތިހާދާ ދެމެދު ކުރިމަތިލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ހޫޘީން ދަނީ ސަޢޫދީގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ޙަމަލާތައް ފޮނުވަމުންނެވެ.
މިފަދަ ހަމަލާތަކާއެކުވެސް މައްކާއަށާއި، މަދީނާއަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދޭނެކަމަށް ޙޫޘީން ތަކުރާރުކޮށްދަނީ ބުނަމުނެނެވެ.













ހަބަރު ލިބޭގޮތުގައި ރާޓީވީ އިން ދާދި ދެންމެއކު އިއްޔެގެ ހުކުރު ޚުތުބާ އަޑު ނައަހައި ދޮގުކޮއްފި