Sunday, 27 September 2026
Ads by

ޕީއެންސީ މެމްބަރުންގެ އަދަދު 80،083 އަށް އަރައިފި

ޕީއެންސީ މެމްބަރުންގެ އަދަދު 80،083 އަށް އަރައިފި

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: އެކިއެމްވީ

ޕީއެންސީގެ މެމްބަރުންގެ އަދަދު 80،083 އަށް އަރާފައިވާކަން، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

Ad Image
Ads by

ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި މި ޖަލްސާގައި މިރެއާ ހަމައަށް ޕާޓީގެ މެމްބަރުންގެ އަދަދު 80،083 އަށް އަރާފައިވާކަން އިއުލާންކުރެއްވީ ޕާޓީގެ ރައީސް ޑރ. މުއިއްޒުއެވެ. ޕީއެންސީގެ ކޮންގްރެސް، 15 ސެޕްޓެމްބަރު 2026 ގައި ފެށުމާ ހިސާބަށްވެސް އެ ޕާޓީއަށް ވަނީ 79،000 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައެވެ.

ރާއްޖޭގައި މިވަގުތުއޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީވެފައިވާއިރު، 1،000 އަށް ވުރެ ގިނަ މަންދޫބުންގެ ކުރިމަތީގައި ރައީސް ޑރ.މުއިއްޒުއަށް ވަނީ ކުރިއަށް އޮތް ރިޔާސީ ޓިކެޓްވެސް އަރުވާފައެވެ. އެމަނިކުފާނަށް ޓިކެޓު އަރުވައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުއިއްޒަށް އެރުވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒު ވަނީ 129,159 (54.04 އިންސައްތަ) ވޯޓު ހޯއްދަވައި، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރުން ހޯދާފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައްކަންޖެހިފައި ހުރި ބޮޑެތި ދަރަނިތައް ދައްކައި ނިންމަވައި، ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތកުރެއްވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނާއި، 524.68 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނޭހެން ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ވަނީ ދައްކާފައެވެ.

އޭގެ އިތުރުން، ޒުވާނުން އަޚުލާގީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ފެށި ”ދިވެހި ވަތަނީ ހިދުމަތް“ ޕްރޮގްރާމާއި، 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން ތަމްރީނުކުރުމާއި، ކީރިތި ގުރްއާން ހިތުދަސް ހާފިޒުންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މަސައްކަތթަކަކީ ވެސް ކާމިޔާބު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާކަމާއި، އޭގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ނިމިގެންދާނީ 2027 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، ސަރުކާރުގެ ބޮޑު އަމާޒަކީ 2040 ވަނަ އަހަރަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި