Sunday, 20 September 2026
Ads by

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު ޕީއެންސީން އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު ޕީއެންސީން އަރުވައިފި

ޕީއެންސީގެ ކޮންގްރެސްގެ ނިންމުމަކާއެކު، އެއްވެސް ޕްރައިމަރީއަކާ ނުլައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް 2028ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު ރޭ ރަސްމީކޮށް އަރުވައިފިއެވެ.

Ad Image
Ads by

ސޯޝަލް ސެންޓަރުގައި ބޭއްވި މި ޚާއްޞަ ޖަލްސާގައި މި ޓިކެޓު އެމަނިކުފާނާ ހަވާލުކޮށްފައިވަނީ ކޮންގްރެސްގެ ބައިވެރިންގެ އިއްތިފާގުން ފާސްކުރެވުނު ޚާއްޞަ ޤަރާރަކަށެވެ.

ވެރިކަން ކުރާ މައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންވެއްޖެނަމަ، ޕާޓީގެ މަޖިލީހަށް ހުށަހަޅައިގެން ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމުގެ ފުރުޞަތު އޮވެއެވެ. މިގޮތުން ހުށަހެޅުނު ޤަރާރު ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ ޢިއްތިފާޤުންނެވެ.

ޤައުމުގެ މިނިވަންކަމާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި ރައީސް މުޢިއްޒު ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިފަދައިން ނިންމާފައިވާއިރު، މިހާތަނަށް މި ޓިކެޓަށް އެއްވެސް އެހެން ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާއިރު، ކުރިއަށް އޮތް އިންތިޚާބު ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ކަމަށް ޕާޓީގެ އިސްވެރިން އަންނަނީ ވިދާޅުވަމުންނެވެ.

މި އިންތިޚާބަށް އިދިކޮޅު ފަރާތްތަކުންވެސް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މި ސަރުކާރާ ދެކޮޅަށް އާ ޕާޓީއެއް އުފައްދަވައި، އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ އިޢުލާނުކުރައްވާފައެވެ. މީގެއިތުރުން އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ އިސް ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެކަން ހާމަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ