މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ސެނެޓް ބައްދަލުވުމުގެ ތެރެއިން ”އެމްއެމްޓީވީ“ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ، ސިޔާސީ މައިދާނުގައި ކޮންގްރެސް ޕާޓީން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ޕާޓީގެ ސެނެޓާއެކު ކުރިއަށް އޮތް ތަނުގައި ވާސިލުވާންވީ މިސްރާބާއި ލަނޑުދަނޑިތައް މިހާރު އިތުރަށް ސާފުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ވެރިކަން ކުރާ ޕާޓީއަކުން ދެވަނަ ދައުރަކަށް ރައްޔިތުންގެ ކުރިމައްޗަށް ދާއިރު، ރައްޔިތުން މައިގަނޑު ގޮތެއްގައި ބަލާނީ ދެ ކަމަކަށް ކަމަށެވެ. އެއީ މި ހިނގާ ދައުރުގައި ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތްތަކަށާއި، ކުރިއަށް އޮތް ދައުރަށް ހުށަހަޅާ ތަސައްވުރަށެވެ.
”މިހާރު މި އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އުއްމީދުކުރި ވަރަށް ވުރެ ލަސް ދުވެލީގައި ހިނގާ މަޝްރޫއުތައް އަވަސްކުރުމަށް ހާއްސަ އިސްކަމެއް ދޭނަން. ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ވެސް އެއީ. އެކަމުގައި އެއްވެސް ފަރާތަކަށް ދުލެއް ނުދޭނަން. އެންމެން ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ދައްކަންޖެހޭ.“ – މުންދު ވިދާޅުވިއެވެ.
މީގެއިތުރުން، އޭނާ ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބާ ސަރުކާރުން ކުރިމަތިލާނީ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައި، ފުރިހަމަ ތަސައްވުރަކާ އެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަށް ޕާޓީން އެކުލަވާލާ މެނިފެސްޓޯ ބިނާވެގެންދާނީ މި ފަސް އަހަރުގެ ތެރޭގައި ހާސިލުކުރެވޭ ކާމިޔާބީތަކާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މައްޗަށް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.













ރ . ހުޅުދުއްފާރުގެ މަގުތައް ހަދާ ނިމުނީތޯ ?????????