Sunday, 20 September 2026
Ads by

އިސްލާމީ ދައުލަތެއްގެ ގޮތުގައި ގައުމު ބިނާކުރެވޭނީ ރައީސް މުޢިއްޒު ފަދަ ގާބިލު ބޭފުޅަކަށް: ނައިބު ރައީސް

އިސްލާމީ ދައުލަތެއްގެ ގޮތުގައި ގައުމު ބިނާކުރެވޭނީ ރައީސް މުޢިއްޒު ފަދަ ގާބިލު ބޭފުޅަކަށް: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް---

ދިވެހިރާއްޖެއަކީ އިސްލާމީ، މިނިވަން ދައުލަތެއްގެ ގޮތުގައި ބިނާކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދަ ހިންގުންތެރި، ގާބިލު ލީޑަރަކަށް ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނައިބު ރައީސް މި މޭރުމުން ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޕީއެންސީ ޓިކެޓު، އެތެރޭގެ ޕްރައިމަރީއަކާ ނުލައި ރައީސް މުޢިއްޒަށް އެރުވުމަށް ފާސްކޮށްފައެވެ. މި ނިންމުން ފާސްވެގެންދިޔައީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 1,119 މެންބަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅޭގޮތުން ހުށަހެޅުނު ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުޢިއްޒަށް ރިޔާސީ ޓިކެޓު އެރުވުމަށް ތާއީދުކުރައްވަނީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީ އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ އިހުލާސްތެރި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖެއަކީ އިސްލާމީ ހިދާޔަތުގައި ދެމިއޮތް ގައުމެއްކަން ޔަގީންކުރައްވައި، އެ މަތިވެރި ބިންގަލުގެ މަތީގައި ޒުވާން ޖީލު ބިނާކުރުމަށް އެމަނިކުފާނު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިގައުމުގައި ހަމަޖެހުން، ތަރައްގީއާއި ރައްކާތެރިކަން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭނީ، މި ގައުމުގެ މިނިވަންކަމާ އެކީގައި ދައުލަތެއް ކުރިއަށްދެވޭނީ ވެސް، އަޅުގަނޑުމެންނަށް މި ފަސްގަނޑުގައި މިގޮތަށް ވާހަކަ ދައްކަން ފުރުސަތު ވެސް ލިބޭނީ، ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެވިފައި އޮތްކަން، އެމަނިކުފާނަށް އެނގިވަޑައިގެން އެކަމަށް އެމަނިކުފާނު ކެރިވަޑައިގެން މަސައްކަތްޕުޅު ކުރައްވަން ފެއްޓެވީތީ.“ – ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންގެ މުއްސަނދި ސަގާފަތާއި ގައުމީ އާދަކާދަތަކަށް އިސްކަންދެއްވައި، ގައުމިއްޔަތު އާލާކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާ މުހިންމު ސަބަބެއް ކަމުގައެވެ. އަދި ގައުމީ ތަރައްގީގެ ބިންގަލަކީ އިސްލާމީ ހިދާޔަތާއި ގައުމިއްޔަތު ކަމަށްވާއިރު، ގައުމު ބިނާކުރުމުގެ ލީޑަރޝިޕް ނެންގެވުމަށް އެންމެ އެކަށޭނަ ބޭފުޅަކީ ރައީސް މުޢިއްޒުކަން ޕީއެންސީގެ މަތީ މަޖިލީހުން އިއްތިފާގުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ގަރާރުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވެސް ވަނީ، ގައުމުގެ ކުރިމަގަށްޓަކައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް ފުރިހަމައަށް ހާސިލުކުރުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުން މުހިންމު ކަމުގައި މެންބަރުން ވިދާޅުވިއެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން، ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޕާޓީގެ ރައީސަށް، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެރުވުމުގެ އިހުތިޔާރު މަތީ މަޖިލީހަށް ލިބިގެންވެއެވެ. މި ނިންމުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް މުޢިއްޒެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ