Monday, 21 September 2026
Ads by

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ބިންގާ އެޅިއްޖެ: ރައީސް

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ބިންގާ އެޅިއްޖެ: ރައީސް

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަ ތާރީހީ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ބޭއްވުނު ރަސްމީ މަޝަވަރާ ބައްދަލުވުންތަކަކީ ނަތީޖާ ނެރެވުނު، އަދި ކުރިމަގަށް ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ މަޝްވަރާތަކެއް ކަމަށެވެ. މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ތައުލީމާއި ސިއްހަތު، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ، އިސްލާމީ ކަންކަން އަދި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ އެއްބަސްވުންތަކެއް ގާއިމުކުރެވިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް، ކުރު މުއްދަތުގެ 100 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމާމެދު ވިސްނަވާނެ ކަމަށް މެލޭޝިޔާ ސަރުކާރުން ނިންމެވި ނިންމެވުމަށް ރައީސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީޓީއޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިޔާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާތީ އެކަމަށް ވެސް ރައީސް މަރުހަބާ ވިދާޅުވިއެވެ. މިއީ ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރިތަކަށާއި ރައްޔިތުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޕީއެންސީގެ ގައުމީ މަހާސިންތާއަށް މެލޭޝިޔާގެ ބޮޑުވަޒީރު ފޮނުއްވި ހިތްވަރުގެ މެސެޖަށް ވެސް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމާއި އަހުވަންތަކަމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލުވެ، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260920_224720
ހޫޘީންގެ ޙަމަލާތަކާ ގުޅިގެން ސަޢޫދީގެ ދިފާޢުގައި ތުރުކީ އާއި ޕާކިސްތާނުން ތެދުވެއްޖެ
20260920_211927
ހޫޘީން ރިޔާޟަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި
20260920_213847
ސަޢޫދީގެ ވެރިރަށަށް ހޫޘީން ދިން ޙަމަލާ ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި
big_ubKu1fAPO6Z6TrYjoD05w95De (1)
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި