ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބުތައް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ވެލޮޕްމަންޓުން ހާމަކޮށްފައިވެއެވެ.
މިގޮތުން ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން މިހާރު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ދޫކުރަންޖެހޭ ޖުމްލަ ގޯތީގެ އަދަދަކީ 3548 އެވެ. އަދި ރަޖިސްޓަރީ ތައްޔާރުކުރެވުނު އަދަދަކީ 3086 ކަމަށްވާއިރު، އެއީ ޖުމްލަ ގޯތީގެ 87 އިންސައްތައެވެ. މީގެއިތުރުން، ގޯތި ހަވާލުކުރެވުނު އަދަދަކީ 1393 ކަމަށާއި، އެއީ 39.3 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބު:
ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ… pic.twitter.com/blxStalzIu
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 17, 2026
މީގެއިތުރުން، ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ގުޅިފަޅުން ދޫކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ގޯތިތަކާ ގުޅޭގޮތުން ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އެ ސަރަޙައްދުތަކުގައި ހިމެނޭ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް، އެ ގޯތިތައް ވެސް ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.














