Sunday, 25 October 2026
Ads by

އާއިލާގެ އަޅާލުމެއް ނެތި 15 އަހަރު އެކަނި އުޅުނު ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އާއިލާގެ އަޅާލުމެއް ނެތި 15 އަހަރު އެކަނި އުޅުނު ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފަރެސްމާތޮޑާގައި އެކަނި ދިރިއުޅެމުން އައި މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ---

ދަރިން ތިބި ނަމަވެސް އެއްވެސް އަޅާލުމެއް ނުލިބި، ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އެކަނި ދިރިއުޅެމުންދިޔަ ދުވަސްވީ ފިރިހެނަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

އުމުރުން 70 އަހަރުން މަތިވެފައިވާ މި މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އޭނާގެ ސިއްހީ ހާލަތު ދަށްވެ އަމިއްލައަށް އުޅެވޭ ފަދަ ހާލަތެއްގައި ނެތުމުން، އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެން ކަމާބެހޭ އިދާރާތަކުގައި އެދުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ އެއްބަނޑު އެއްބަފާ މީހުން އެ ރަށުގައި ދިރިއުޅެއެވެ. އަދި ކައިވެނިކޮށްގެން އުޅޭ ބޮޑެތި ދެ ދަރިން ތިބި ނަމަވެސް، އެ މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ. ދަރިންނަކީ މާ ތަނަވަސް ބަޔަކަށް ނުވާތީ އެ މީހުން ރަށަށް އަންނަނީ ވަރަށް މަދުންނެވެ. މީގެ ކުރިން އަންހެން ދަރިފުޅު ރަށުގައި އުޅުނު ދުވަސްވަރު ބައްޕަ ބެލެހެއްޓި ނަމަވެސް، ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާ ގެއިން ނެރެލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަމިއްލަ ގެދޮރެއް ނެތް އެ މީހާ، އެހެން މީހެއްގެ ގޭގައި އެކަނި ދިރިއުޅޭތާ ގާތްގަނޑަކަށް 15 އަހަރު ވެދާނެ ކަމަށް ރަށުގެ މީހުން ބުނެއެވެ. ކުރިން އަމިއްލައަށް ކަންކަން ކޮށްގެން އުޅުނު ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ލޮލުގެ ބައްޔެއްގެ ސަބަބުން އެއް ލޮލުގެ ފެނުން މުޅިން ގެއްލިފައިވާއިރު، އަނެއް ލޮލަށް ވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. މިކަމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމާއި ގައިން ތާހިރުވުން ފަދަ އާދައިގެ ކަންކަން ކުރުމަށް ވެސް އޭނާއަށް ވަނީ ނުކުޅެދިފައެވެ.

އެ ގެއަށް އޭނާ ބަދަލުވިއިރު ކަރަންޓާއި ފަންކާ ފަދަ އަސާސީ އެއްވެސް ހިދުމަތެއް ނެތެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ކަރަންޓުގެ ހިދުމަތް ހަމަޖައްސައިދީ، ކެއިންބުއިމުގެ ކަންކަމުގައި އާންމުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. އެހެން ނަމަވެސް، އޭނާ އަބަދުވެސް އެދެމުން ދިޔައީ ދަރިންނާއި އާއިލާގެ ލޯތްބާއި އަޅާލުމަށެވެ. އެ އަޅާލުން ނުލިބޭތީ އަބަދުވެސް އޭނާ ހިތާމަކޮށް، ޝަކުވާ ކުރަމުން ދިޔަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔުމާ ގުޅިގެން، ރަށު ކައުންސިލާއި ފުލުހުންގެ އިސްނެގުމުގެ މަތިން މިހާރު ވަނީ އޭނާ ދައުލަތުގެ ރައްކާތެރިކަމުގެ ދަށަށް ގެންގޮސް، އެކަށީގެންވާ ރަނގަޅު މާހައުލެއް ހަމަޖައްސައިދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި