Sunday, 20 September 2026
Ads by

ހޫޘީންނަށް ޙަމަލާދިނުމަށް ސަޢޫދީއިން ދެފަހަރު މަތީން އެދުމުން އެމެރިކާއިން އެކަމަށް އިންކާރުކޮށްފި

ހޫޘީންނަށް ޙަމަލާދިނުމަށް ސަޢޫދީއިން ދެފަހަރު މަތީން އެދުމުން އެމެރިކާއިން އެކަމަށް އިންކާރުކޮށްފި

ނިމިދިޔަ އަހަރު ވޮޝިންޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއެކު. (ހައިޔުން ޖިއަންގް/ދަ ނިއު ޔޯކް ޓައިމްސް)

އެމެރިކާ އާއި ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ ގުޅުމަށް އައި ބޮޑު ބަދަލެއްގައި، ޔަމަނުގެ ހޫޘީންނަށް އެމެރިކާގެ ސީދާ ވައިގެ ޙަމަލާތަކެއް ދިނުމަށް ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދުމުން، ޓްރަމްޕް އެކަމަށް އިންކާރުކޮށްފިއެވެ.

Ad Image
Ads by

’އެކްސިއޯސް‘ އަދި ’އިސްރާއީލް ނޭޝަނަލް ނިއުސް‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ މަދަދު ލިބޭ ހޫޘީން ޔަމަނުގެ މުހިންމު ރަށެއް ކަމަށްވާ މޯކާ ހިފައި، ބާބުލް މަންދަބު ކަނޑުއޮޅިއާ ދިމާލަށް ކުރިއަރަމުންދާތީ، އެމް.ބީ.އެސް ވަނީ ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން ޓްރަމްޕަށް ގުޅާފައެވެ. ނަމަވެސް އެމެރިކާއިން ސީދާ ޙަމަލާދިނުމަށް ދެކޮޅުހެދުމަކީ، މެދުއިރުމަތީގެ ހަނގުރާމަތަކުގައި ސީދާ ބައިވެރިވުމުގެ ބަދަލުގައި، ހަނގުރާމައިގެ ގެއްލުންތައް ސަރަޙައްދީ ޤައުމުތަކުން އުފުލަންޖެހޭނެކަމަށް އެމެރިކާއިން ކަނޑައަޅާފައިވާކަން ހާމަވާ ކަމެކެވެ.

ސަޢޫދީއިން މަދަދުދޭ ޔަމަނުގެ ފައުޖުތައް ފަހަތަށް ޖެހުމުގެ ފައިދާ ނަގައި، ހޫޘީން ވަނީ މޯކާ ސިޓީ ހިފާފައެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި ސައުދީގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅިއާ ވަރަށް ކައިރިއަށް ހޫޘީންނަށް ވަނީ އާދެވިފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ސަރަޙައްދުގެ ކޮންޓްރޯލް ހޫޘީންނަށް ލިބުމަކީ، ހޮރްމޫޒް ކަނޑުއޮޅީގެ އިތުރުން ރަތް ކަނޑުގެ މަގުންވެސް ދުނިޔޭގެ ވިޔަފާރިއަށް ހުރަސްއަޅައި އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމަށް އީރާނަށް ލިބޭނެ އިތުރު ބާރެކެވެ.

އެމް.ބީ.އެސް ދެވަނަ ފަހަރަށް ގުޅައި، އެމެރިކާގެ ސީދާ ވައިގެ ޙަމަލާތަކެއް ދިނުމަށް އެދުމުން ޓްރަމްޕު ވަނީ އެކަމަށް ދެކޮޅުހަދާފައެވެ. ސީދާ ޙަމަލާދިނުމުގެ ބަދަލުގައި، އެމެރިކާއިން ނިންމާފައިވަނީ ހޫޘީންގެ މަޤާމުތައް ދެނެގަތުމަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތާއި ޓާގެޓްތައް ސަޢޫދީއަށް ފޯރުކޮށްދިނުމަށެވެ. މިކަމުގައި އެހީތެރިވުމަށް އެމެރިކާގެ 200 އެއްހާ ސިފައިން މިހާރުވެސް ސަޢޫދީގައި ޙަރަކާތްތެރިވަމުންދެއެވެ.

މި މައްސަލައިގެ ސީރިއަސްކަމާ ގުޅިގެން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ވަނީ ބުރާސްފަތި ދުވަހު ސަޢޫދީއަށް ޒިޔާރަތްކޮށްފައެވެ. ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، ރަތް ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އެމެރިކާގެ އަމާޒެއް ނަމަވެސް، އެމެރިކާއިން ބޭނުންވަނީ މިފަދަ ހަނގުރާމަތަކުގައި ސަރަޙައްދީ ބައިވެރިން އިސްނަގައިގެން ޙަރަކާތްތެރިވުމަށެވެ. މިއީ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، އެ ޤައުމުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ސަރަޙައްދީ ޤައުމުތައް ބޭނުންކުރަމުންދާކަން ދައްކައިދޭ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-20T154841
ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޕީއެލްގެ ކުރީގެ އެމްޑީ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ