Sunday, 22 November 2026
Ads by

ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!

ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!

ފަލަސްޠީނުގެ ރައްޔިތުން މޮނިޓަރުކޮށް، އެ މީހުންނާ ދެކޮޅަށް ތަޖުރިބާކޮށްފައިވާ ނުރައްކާތެރި ސައިބާ ޖާސޫސީ ޓެކްނޮލޮޖީތަކާއި ޑިޖިޓަލް ހަތިޔާރުތައް ހިފައިގެން އިސްރާއީލުގެ ކުންފުނިތައް ލެޓިން އެމެރިކާގެ ގައުމުތަކަށް ވަދެގަންނަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ދެކުނު އެމެރިކާގެ އެމެރިކާއަށް ތާއީދުކުރާ ސަރުކާރުތަކާއެކު އިސްރާއީލުން އުފައްދަމުންދާ ގާތް ގުޅުމުގެ ބޭނުން ހިފައިގެން މި ޓެކްނޮލޮޖީތައް ފަތުރަމުންދަނީ މަސްތުވާތަކެއްޗާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގައެވެ.

Ad Image
Ads by

މި ޓެކްނޮލޮޖީތައް ހޯދުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ކޮލަމްބިއާ، އިކުއެޑޯ އަދި އާޖެންޓީނާއިންނެވެ. ނަމަވެސް، ޑިޖިޓަލް ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އިންޒާރު ދެނީ ސައިބާ ސެކިއުރިޓީއާއި އާންމުންގެ މައްޗަށް ޖާސޫސްކުރުމާ ދެމެދު އޮތް އިމުގެ ތަފާތު ކެނޑެމުންދާ ކަމަށެވެ. އަދި ވޮޝިންޓަނަށް ތާއީދުކުރާ މި ސަރުކާރުތަކުން އިދިކޮޅު ވާތުފިޔައިގެ ޕާޓީތަކަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އާންމުންނަށް ޖެއްސުންކޮށް އެ މީހުން ހުއްޓުވުމަށް މި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިސްރާއީލުގެ މި ޓެކްނޮލޮޖީތަކަކީ އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް މީގެ ކުރިން ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރުމަށާއި އާންމުން ޝަހީދުކުރުމަށް މަގުފަހިކޮށްދިން ވަސީލަތްތަކަކަށް ވާތީ މި މައްސަލަ އިތުރަށް ގޯސްވެއެވެ. ލެޓިން އެމެރިކާގެ ބާޒާރުގައި އިސްރާއީލުގެ ޓެކްނޮލޮޖީގެ ނުފޫޒު ގަދަވަމުން އަންނަނީ ދިގު މުއްދަތެއްގެ ރޭވުމެއްގެ ދަށުންނެވެ.

އެގޮތުން 2016 ވަނަ އަހަރު، އިސްރާއީލް އެއިރޯސްޕޭސް އިންޑަސްޓްރީޒް (އައިއޭއައި) އިސްވެ އޮވެ އުފެއްދި ކޮންސޯޓިއަމަކުން ވަނީ ލެޓިން އެމެރިކާގެ ގައުމެއްގައި ސައިބާ ޑިފެންސް ސެންޓަރެއް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފައެވެ. މި މަޝްރޫއުގައި ނުރައްކާތައް ދެނެގަތުމާއި، ހަމަލާތައް މޮނިޓަރުކުރުމުގެ އިތުރުން ސައިބާ ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ. މި ކޮންސޯޓިއަމްގައި އައިއޭއައިގެ އިތުރުން އެލްޓާ ސިސްޓަމްސް، ވެރިންޓް ސިސްޓަމްސް، ޗެކް ޕޮއިންޓް، ކްލިއަރސްކައި އަދި ސައިބަރއެކްސް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ފޯނުތަކާއި ޑިޖިޓަލް އާލާތްތައް ހެކްކޮށް ޑޭޓާ ނަގާ އިސްރާއީލުގެ ކުންފުންޏެއް ކަމަށްވާ ސެލެބްރައިޓުން 2023 ވަނަ އަހަރު ބުނެފައިވަނީ ލެޓިން އެމެރިކާގެ ގައުމަކަށް އެ ކުންފުނީގެ ޑިޖިޓަލް އިންޓެލިޖެންސް ސިސްޓަމްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. ހަމައެއާއެކު، ޑްރޯނާއި ސައިބާ ވަސީލަތްތައް ވިއްކާ އިސްރާއީލުގެ އަސްކަރީ ކޮންޓްރެކްޓަރު އެލްބިޓް ސިސްޓަމްސް އިން ވަނީ 2020 އާއި 2025 އާ ދެމެދު ބްރެޒިލް، ޗިލީ، ކޮލަމްބިއާ އަދި ޕެރޫ ފަދަ ގައުމުތަކާއެކު ބޮޑެތި އެއްބަސްވުންތަކެއް ހަދާފައެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އެލްބިޓުން ވިއްކަނީ ހަމައެކަނި ސޮފްޓްވެއާއެއް ނުވަތަ ހާޑްވެއާއެއް ނޫނެވެ؛ އޭގެ ބަދަލުގައި އެ ގައުމުތައް އަބަދުވެސް އެ ޓެކްނޮލޮޖީއަށް ބަރޯސާވެފައި ބޭތިއްބުމަށްޓަކައި އަޕްގްރޭޑްތަކާއި މެއިންޓެނަންސް ހިމެނޭ ދިގު މުއްދަތުގެ ނިޒާމެކެވެ.

ފޭޝަލް ރިކޮގްނިޝަން ނުވަތަ މޫނު ދެނެގަންނަ ޓެކްނޮލޮޖީތަކުގެ ތެރެއިން ޣައްޒާގައި ބޭނުންކުރާ ކޯސައިޓް އޭއައި އާއި، ހުޅަނގު އައްސޭރީގެ އޫސްޓޯ އަދި ގުދުސްގައި ބޭނުންކުރާ މަބަތު 2000 ފަދަ ސިސްޓަމްތައް އިސްރާއީލުން ގެންގުޅެއެވެ. މިފަދަ ބައެއް ޓެކްނޮލޮޖީތައް މިހާރުވެސް ލެޓިން އެމެރިކާއަށް ތައާރަފުކޮށްފައިވާއިރު، މެކްސިކޯގެ ހޮސްޕިޓަލްތަކުގައާއި ބްރެޒިލްގެ ސްކޫލްތަކުގައި ކޯސައިޓް އޭއައިގެ ސިސްޓަމްތައް ވަނީ ބަހައްޓާފައެވެ.

އަލްގޮރިޒަމްތައް ބޭނުންކޮށްގެން ކުށްކޮށްފާނެ ކަމަށް ލަފާކުރާ ޕްރިޑިކްޓިވް ޕޮލިސިންގ ޓެކްނޮލޮޖީއަކީ މީހަކު ކުށެއް ނުކުރާ ކަމަށް ބަލާ ބެލުން ފުނޑުފުނޑުކޮށްލާ ވަސީލަތެކެވެ. އިސްރާއީލުން 2017 އިން ފެށިގެން މި ޓެކްނޮލޮޖީ ޕްރޮމޯޓްކުރަމުން އަންނައިރު، މިއީ ސިއްރިއްޔާތުގައި ލެޓިން އެމެރިކާއަށް ފޮނުވަމުންދާ ވަސީލަތެއް ކަމަށް ބެލެވެއެވެ. ފަލަސްޠީނު ރައްޔިތުން ހައްޔަރުކުރުމަށްޓަކައި އިސްރާއީލުގެ އިދާރާތަކުން މީގެ އެލްގޮރިޒަމްތައް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކޮށްފައިވާއިރު، މިހާރުވެސް 9،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ގައިދީންގެ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ.
ދުނިޔޭގެ ވިޔަފާރީގެ އޮނިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ލެޓިން އެމެރިކާގެ ބޮޑުވަމުން އަންނަ މާކެޓުގެ ބޭނުން ހިފުމަށް އިސްރާއީލުގެ ޓެކް ކުންފުނިތަކަށް އެ ގައުމުގެ ނޫސްތަކުން ދަނީ ބާރުއަޅަމުންނެވެ. އެމެރިކާގެ ނުފޫޒު މުޅި ބައްރަށް ފުޅާކުރުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތުތަކާ މިކަން ގުޅިފައިވާއިރު، ވިޔަފާރީގެ ފުރުސަތެއްގެ ގޮތުގައި ދައްކައިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ މުޅި ސަރަހައްދުގެ މައްޗަށް އެމެރިކާއާއި އިސްރާއީލުގެ ބާރު ހިންގުމަށް ހިންގާ ސިޔާސީ އަދި އަސްކަރީ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި