Sunday, 20 September 2026
Ads by

ބަދަލުވަމުން އަންނަ ދުނިޔޭގައި މުދައްރިސުންގެ އިލްމާއި ތަޖުރިބާ ނުހަނު މުހިންމު: ނައިބު ރައީސް

ބަދަލުވަމުން އަންނަ ދުނިޔޭގައި މުދައްރިސުންގެ އިލްމާއި ތަޖުރިބާ ނުހަނު މުހިންމު: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޒަމާނަށް އަންނަ ބަދަލުތަކާއެކު، މުދައްރިސުންގެ އިލްމާއި ތަޖުރިބާއަކީ ތައުލީމީ ދާއިރާއަށް ކޮންމެހެން ވެސް ބޭނުންތެރި މުހިއްމު އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނައިބު ރައީސް މި މޭރުމުން ވިދާޅުވީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ އަށް ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގައި މިފަދަ ބައިނަލްއަގުވާމީ މަހާސިންތާތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެއް ކަމަށެވެ.

މީގެއިތުރުން، މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާގައި ބޭނުންކުރަމުން އަންނަ އެންމެ ރަނގަޅު އުސޫލުތަކާއި އުކުޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، މުދައްރިސުން އިސްނަގައިގެން ކުރިއަށްގެންދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ތައުލީމީ ނިޒާމު ވެސް ތަރައްގީވާންޖެހޭކަން ފާހަގަކުރައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުދައްރިސުންނަށާއި ދަރިވަރުންނަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދޭ ވަސީލަތްތަކެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އެއްވެސް ޓެކްނޮލޮޖީއަކަށް ޒިންމާދާރު މުދައްރިސެއްގެ މަގާމާއި ދައުރު އަދާނުކުރެވޭނެކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވައިފައެވެ.

”އެއްވެސް ޓެކްނޮލޮޖީއަކަށް ޒިންމާދާރު ޓީޗަރެއްގެ ދައުރު އަދާނުކުރެވޭނެ. ޓެކްނޮލޮޖީން ވަސީލަތްތައް ފޯރުކޮށްދިން ނަމަވެސް ދަރިވަރުންނަށް އެ ކުދިންގެ ފުލް ޕޮޓެންޝަލް ރިއަލައިޒް ކުރުވަނީ ޓީޗަރުން. އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ފޯރުކޮށްދިނުން،“ – ނައިބު ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އެއްވެސް ދަރިވަރަކު ބާކީނުކޮށް ތައުލީމު ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއެކު ޝާމިލުކުރުމުގެ ވެއްޓެއް ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ދަރިވަރެއްގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އިމްތިހާނުގެ ނަތީޖާ ކަމުގައި ވެގެންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމުގެ ކުރިއެރުމަށާއި، ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށްޓަކައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތަކަކީ ކޮންމެހެން މުހިންމު ދާއިރާއެއްކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މުދައްރިސުންގެ ބުރަ މަސައްކަތާއި އިސްނެގުމާ ނުލައި އެއްވެސް ސިޔާސަތެއް، މަންހަޖެއް އަދި އީޖާދީ މަސައްކަތެއް ކާމިޔާބު ނުވާނެކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، ތައުލީމީ ދާއިރާ މިހާރަށްވުރެ ބޮޑަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

”ރީއިމޭޖިންގ، ރީތިންކް، ރިފޯމް – އެޑްވާންސިންގ އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއެންޓް ފިއުޗަރ“ މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ މުދައްރިސުންނާއި، ތަައުލީމީ ދާއިރާގެ އިސްވެރިންގެ އިތުރުން ދިރާސާވެރިން ބައިވެރިވެވަޑައިގެން ތައުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ